މަރްޔަމް ނަހްދާ ވަޙީދު   18 ޑިސެމްބަރު 2025 - 18:2
ޕާސްޕޯޓު ދޫކުރަނީ
ޕާސްޕޯޓު ދޫކުރަނީ
ހދ. ހަނިމާދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ މުޅި ރާއްޖޭގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޑިސެންބަރުމަހުގެ 17 ވަނަ ދުވަހު، ހދ.ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ހދ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް'ގެ ގޮތުގައި މިހާރު ކުޅުދުއްފުށި ސިޓީ، ހދ. މަކުނުދޫގެ އިތުރުން އެ އަތޮޅު ހަނިމާދޫ ހިޔާރުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޕާސްޕޯޓް ހެއްދުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް އިފްތިތާހް ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު