އދގައި ތަގްރީރުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމެރިކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ސާލިހު އެމެރިކާއަށް ފުރާވަޑައިގަންނަވާނެ ސީދާ ތާރީހެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެމަނިކުފާނު އެމެރިކާގެ ނިއުޔޯކަށް ވަޑައިގަންނަވަނީ މިމަހުގެ 21 ވަނަ ދުވަހު ފަށާ އދގެ އާއްމުގެ މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެބައްދަލުވުމުގައި ރައީސް ސާލިހު ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.



އދގެ އާއްމު މަޖިލިސް މިމަހުގެ 21 ވަނަ ދުވަހު ފަށާއިރު އެމަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައި ވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

ރައިސް ސާލިހު ވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސް އެމެރިކާއަށް ވަޑައިގެންނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން