މަރިޔަމް ލައިޝާ   3 ސެޕްޓެމްބަރު 2021 - 16:30
އިންޑިއާގައި މީހެއްގެ ޕީސީއާރް ސާމްޕަލް ނަގަނީ
އިންޑިއާގައި މީހެއްގެ ޕީސީއާރް ސާމްޕަލް ނަގަނީ
އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ތަންކޮޅެއް ރަނގަޅު ވުމަށްފަހު، ވޭތުވެދިޔަ ދެމަސް ވަންދެން އަދަދުތައް މަތި ނުވާވަރަށް އިއްޔެ ބަލިޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެއެވެ.



އިއްޔެ އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކޮށްފައި ވަނީ 47،092 މީހުންނެވެ. އަދި އެންމެފަހުން އިންޑިއާގައި ކޮވިޑް ކޭސްތައް މިހާ މަތިވެފައި ވަނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 48،786 މީހުން ޕޮޒިޓިވް ވެގެންނެވެ.

މިހާ ބޮޑު އަދަދެއްގެ ޕޮޒިޓިވް ކޭސް އިންޑިއާއިން ފެނިފައިވާއިރު، އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކޮށްފައިވަނީ ކެރެލާއިންނެވެ. އެއީ 32،803 ޕޮޒިޓިވް ކޭސްއެވެ. ދެވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓްކޮށްފައިވަނީ މަހާރަޝްތުރާއިންނެވެ. އެސްޓޭޓުން އިއްޔެ 4،456 މީހުން ޕޮޒިޓިވްވި އެވެ. މިއާއެކު، މިޒޮރާމުން 1،992 ޕޮޒިޓިވް ކޭސްއާއި، ޓަމިލް ނާޑޫއިން 1،509 ޕޮޒިޓިވް ކޭސް އަދި އަންދްރަ ޕްރަދޭޝުން 1،186 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވެއެވެ.

އިއްޔެގެ ޕޮޒިޓިވް ކޭސްތަކާއެކު، މި ބަލީގައި ހާލުބޮޑުވެފައިވާ މީހުންގެ އަދަދު ވަނީ 509 އަށް އަރާފައެވެ. އަދި އިންޑިއާގައި މިވަގުތު ކޮވިޑް ޖެހިފައި 389،583 މީހުން ތިބިއިރު އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 32،857،937 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން އިންޑިއާއިން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 439،529 މީހުންނެވެ.

އިންޑިއާއިން އިއްޔެ 47،092 މީހުން ޕޮޒިޓިވް ވެފައި މިވަނީ 1،684،441 ސާމްޕަލްގެ ތެރެއިނެވެ. ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ވެކްސިން ޖަހާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ އެކަނި 8.1 މިލިއަން މީހުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން