ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން
ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން
ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ނެދަލެންޑްސްގެ މާޓިން ކޫޕްމަން މަޤާމުން ވަކިކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ކޯޗް ވަކި ކުރަން ނިންމައިފައި ވަނީ، މީގެ ދުވަސްކޮޅެއް ކުރިން އޮތް އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކުގައި ރާއްޖޭން ދެއްކި ކުޅުމާ މެދު އެފްއޭއެމުން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. އަދި ދެ ފަރާތުން އެއްބަސްނުވެވޭ ކަންތައްތަކެއް ހުރުމާ އެކު، ވާހަކަދައްކައިގެން ކޮންޓްރެކްޓް އުވައިލައިފައިވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ކޫޕްމަން މަޤާމުން ވަކިކޮށްފައިވާއިރު، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި އަހަރުގެ މުބާރާތް އޮކްޓޫބަރު 1-15 އަށް ބާއްވާއިރު ރާއްޖޭގެ އަމާޒު ހުރީ ތަށްޓަށެވެ.

ގައުމީ ކޯޗަކަަށް ކޫޕްމަން ގެނައީ އެންމެ ފަހުން އެ މަގާމުގައި ހުރި ޕީޓަރ ސެގަރޓް، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ކޯޗުކަމުން ވަކި ކުރުމަށް ފަހުއެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު، ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ކޫޕްމަން އަށް އެފްއޭއެމުން ދާދިފަހުން ވަނީ އިތުރު 3 އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. ކޫޕްމަންގެ ކޯޗްކަމުގެ ދަށުން ރާއްޖެ ކުޅުނު ރަސްމީ ތިން މެޗުންވެސް ޤައުމީޓީމް މޮޅުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން