ޞާދިރު ޢަލީދީދީ   11 މޭ 2020 - 12:47
ސާގު އަލޫ
ސާގު އަލޫ
* ބޭނުންވާ ތަކެތި

(ހަތަރު މީހުންގެ ކެއުމަކަށް)

500 ގުރާމް ފްރެޝް ސްޕިނަޗް ލީވްސް

2 މޭޒުމަތީ ސަމުސާ ވެޖެޓެބަލް އޮއިލް

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 ސައި ސަމުސާ ބްލެކް މަސްޓަޑް ސީޑް

2 ސައި ސަމުސާ ގަރލިކް އެންޑް ޖިންޖަރ ޕޭސްޓް

900 ގުރާމް ވެކްޒީ ޕޮޓޭޓޯ (ކުދިކޮށްކޮށާފައި)

1 ސައި ސަމުސާ ޗިލީ ޕައުޑަރ

125 އެމްއެލް ފެން

ލޮނު

* ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ހެޔޮވަރު ސައިޒެއްގެ ތެއްޔަކަށް، އާދައިގެ ގިނީގައި ފެން ކައްކާށެވެ. ކެކެއްފެށުމުން އޭގެތެރެއަށް ސްޕިނަޗް ލީވްސް އަޅައި މަޑުވަންދެން، ގާތްގަޑަކަށް 4 މިނިޓް ވަންދެން ކައްކާށެވެ. އެއަށްފަހު، ތެލިން ސްޕިނަޗްލީވްސް ކޮޅު ނަގައި ފެން އޮހެރެންދެން އެހެން އެއްޗަކަށް ލާށެވެ. އަދި އެކީ ފެންހިއްކާލުމަށް ސާފު ފޮތިކޮޅެއްގެ ތެރެއަށްލުމަށް ފަހު އޭގައި އިތުރަށް ފެންފެލައި ބޭރުކޮށްލާށެވެ. އެއިރުން ސްޕިނަޗުކޮޅު އެކީގައި ހުންނާނީ ފެން ހިކިފައެވެ.

އެއަށްފަހު ދެން އެހެން ތެއްޔަކަށް ބަޓަރުކޮޅު ހޫނުކޮށްލާށެވެ. ދެން އޭގެތެރެއަށް މަސްޓަޑް ސީޑް އެޅުމަށްފަހު މަޑުގިނީގައި ހޫނުކުރާށެވެ. 2 މިނިޓް ވަންދެން ހަނާކުރާށެވެ. ރަނގަޅަށް ސީޑްކޮޅު ހަނާވުމުން އޭގެތެރެއަށް ފިޔާ އަދި ގަރލިކް އެންޑް ޖިންޖަރ ޕޭސްޓްއަޅައި ރަނގަޅަށް ކައްކާށެވެ. ފިޔާކޮޅު މަޑުވަންދެން 5 މިނިޓްވަންދެން ކައްކާށެވެ.

ޕޮޓޭޓޯއާއި ޗިލީޕައުޑަރ އަދި ފެން އަޅައި ރަހަލާވަރުގެ ލޮނުކޮޅެއް ލުމަށްފަހު މަތި ބަންދުކުރުމަށްފަހު، ޕޮޓޭޓޯ ރަނގަޅަށް މަޑުވަންދެން، 10މިނިޓް ވަންދެން ކައްކާށެވެ. އެހާހިސާބުން އެއޮތީ ސާގް އަލޫ ތައްޔާރު ކުރެވިފައެވެ. ތާޒާކަމާއެކު އިންސާފުކޮށްލަން އެންމެ ރަނގަޅީ ބަތާއި އަދި ރޮަށްޓާއެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން