އަވައްޓެރި އިންޑިޔާގެ ނުފޫޒުން ރާއްޖެ މިނިވަންކުރެވޭނީ ކޮން ލީޑަރަކަށްތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒު މަސައްކަތް ފަށްޓަވައިފިއެވެ.

ރާއްޖޭގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނުގެ ދައުވަތު ފެތުރުމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލީ ރަމީޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވަނީ އިންޑިޔާގެ ނުފޫޒުން ރާއްޖެ މިނިވަން ކުރެވޭނީ ކޮން ލީޑަރެއްތޯ ބެލުމަށް އާންމުންގެ ޚިޔާލު ހުރިގޮތެއް ބެލުމަށް ޕޯލެއް ހުޅުވާލާފައެވެ. ލައްކަ އަކަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ އެޕޭޖްގައި އަލީ ރަމީޒު ވަނީ އެ ސުވާލު ކުރައްވައި އިޚުލާސްތެރިކަމާއިއެކު އެ ސުވާލަށް ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.



ރައީސް އިބްރާހިމް މުހަންމަދު ޞާލިޙުގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމަކީ އިންޑިޔާއެވެެ. ސަރުކާރާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުމުގެ ތެރެއިން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ލޮޅުން އަރާފަދަ ސިއްރު އެއްބަސްވުންތައް ހަދަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެެ. އެހެން ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ. އަދި ރާއްޖެއަށް އިންޑިޔާއިން ދޭ ހިލޭ އެހީއާއި ލޯނު އެހީތައް ދެނީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ރާއްޖޭގެ ބިންތަކަށް އަތްގަދަކޮށް އެމީހުންގެ ނުފޫޒު ގަދަ ކުރުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިޔާ އައުޓްނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ރާއްޖެ ސަލާމަތް ކުރުމުގެ ނަމުގައި ގައުމީ ކެމްޕޭނެއް ވެސް ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު