ބީއެމްއެލް-
ބީއެމްއެލް-
މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)އަށް ބިލިއަނެއްހާ ރުފިޔާގެ ފައިދާ ލިބިއްޖެއެވެ.

ބީއެމްްްްއެލްއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހަކީ އެ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ނުވަ މަސްދުވަސް ކަމަށެވެ.

އެގޮތުން ނިމިގެން ދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް މި އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަހު 1.12 ބިލިއަން ރުފިޔާގެ ލޯނު ދޫކުރިއިރު ކަސްޓަމަރުންނަށް 722.1 މިލިއަން ޑޮލަރުވެސް ފޯރުކޮށްދިނެވެ.

"މިއީ ބޭންކުގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ފަހަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ" ބީއެމްއެލްއިން ބުންޏެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާ ވެސް ވަނީ އިތުރުވެފައެވެ. އެއީ 647.2 މިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 475.4 މިލިއަން ރުފިޔާއާ އަޅައިބަލާއިރު %36 އިތުރު އަދަދެކެވެ.



ކިޔުންތެރިންގެ ހިޔާލު