ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާއިން ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ފޭސް އޮފް ސައުތު އޭޝިއާ"ގެ ލަޤަބު، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް) ހާސިލުކުރައްވައިފިއެވެ. ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ 10 ވަނަ އެޑިޝަންގައި، ދަމާސް ކުންފުނީގެ ޗެއާމަން ޞާލިޙަށް މި ޝަރަފުވެރި އެވޯޑު ލިބިވަޑައިގެންނެވިއިރު، މުޅި ރާއްޖެއިން ވަނީ މި އަހަރުގެ އެވޯޑު ޙަފުލާގައި ފަޚުރުވެރި 36 ކާމިޔާބީއެއް ހާސިލުކޮށްފައެވެ.
ޖުމުލަ 54 ކެޓަގަރީއަކުން 178 އެވޯޑު ދިން މި ޙަފުލާގައި އެންމެ ޚާއްޞަ އެއް ކާމިޔާބީއަކަށް ވެގެންދިޔައީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޞާލިޙުގެ ޚިދުމަތްތައް ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަތުމެވެ. ޞާލިޙަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު ވެސް މެއެވެ.
ފަތުރުވެރިންގެ މެދުގައި ނެގުނު ޚިޔާލުހޯދުމުގެ ވޯޓުން (ވިޒިޓާސް ޗޮއިސް) ރާއްޖެއިން މި އަހަރު ވެސް ވަނީ 'ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން' ގެ އެވޯޑު ދިފާޢުކޮށްފައެވެ. މީގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ޤައުމީ އެއާލައިން މޯލްޑިވިއަން އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ފާހަގަކޮށްލެވުނުއިރު، 'ލީޑިން ލިވްއަބޯޑު' އެވޯޑު ހާސިލުކުރީ މޯލްޑިވްސް ލެޖެންޑް އެކްސް އެވެ.
މި ޙަފުލާގައި ދިވެހިރާއްޖެއިން ވަނީ ރިސޯޓުތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އޭޖެންސީތަކާއި ޑައިވް ސެންޓަރުތައް ހިމެނޭހެން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހޯދައިފައެވެ. އޭގެ ތެރޭގައި ލީޑިން ބީޗް ރިސޯޓުގެ އެވޯޑު ސިނަމަން ވެލިފުށިން ހޯދިއިރު، އެންމެ ރޮމެންޓިކް ރިސޯޓަކަށް ހޮވުނީ އަދާރަން ޕްރެސްޓީޖް ވަޑޫއެވެ. އަދި ދެކުނު އޭޝިއާގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ ޝަރަފު ކޮކޯ ޕާމް ދުނިކޮޅުގެ ސިރާޖު ޢަލީ ވަސީމަށް ލިބިގެންދިޔައެވެ.
2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ސަޓާ އެވޯޑަކީ ދެކުނު އޭޝިއާ ސަރަޙައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އަދި މި އެވޯޑުގެ ތާރީޚުގައި ވެސް އެންމެ ގިނަ އެވޯޑުތައް ހާސިލުކޮށް، ސަރަޙައްދުގެ އެއްވަނައިގައި ފައިތިލަ ސާބިތުކޮށްފައިވަނީ ދިވެހިރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު