މެލޭޝިއާގައި އެކްސިޑެންޓު ހިނގި ސަރައްދުގެ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ
މެލޭޝިއާގައި އެކްސިޑެންޓު ހިނގި ސަރައްދުގެ ފޮޓޯއެއް، ފޮޓޯ: ސޯޝަލް މީޑިއާ
މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ދިވެހި އަންހެން ދަރިވަރު، ސ. ހިތަދޫ، މާރިޝް، އާމިނަތު އިމީލީ ނާޒިމް (21އ) ގެ މައްޗަށް ޣައިބުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކަށުނަމާދު މަދަމާ އައްޑޫގައި ހުކުރު ނަމާދަށް ފަހު ކުރާ ގޮތަށް ނިންމައިފިއެވެ.

އިމިލީގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މާދަމާ ހުކުރު ނަމާދަށް ފަހު އައްޑޫ ހިތަދޫގެ ހުރިހާ މިސްކިތެއްގައި ކުރަން މިހާރު ވަނީ ނިންމައިފައެވެ.

ހިތާމަވެރި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:48 ހާއިރުއެވެ. އިމީލީ ނިޔާވީ މޯލްއަކަށް ދިއުމަށްފަހު އިތުރު ދިވެހި ކުއްޖަކާއެކު އެނބުރި ގެއަށް ދިޔުމަށް ދަތުރުކުރި ޓެކްސީ އެކްސިޑެންޓު ވެގެންނެވެ.

މި ހާދިސާއާ ގުޅިގެން ސުބަންގް ޖާޔާ ޑިސްޓްރިކްޓް ޕޮލިސްގެ އެސިސްޓެންޓް ކޮމިޝަނަރު ވަން އަޒްލާން ވިދާޅުވީ، އެކްސިޑެންޓް ހިނގީ ނިއު ބަންޑީ އެކްސްޕްރެސްވޭ (އެންޕީއީ) ގެ ޕީޖޭއެސް ޓޯލް ޕްލާޒާ ކައިރިން ޕުޗޮންގްއާ ދިމާލަށް ދަތުރުކުރަނިކޮށް ކަމަށެވެ. އެގޮތުން، 37 އަހަރުގެ ޑްރައިވަރު ދުއްވި ޓެކްސީ ކޮންޓްރޯލުން ނެއްޓިގެން ގޮސް، އާރުއެފްއައިޑީ ލޭނާ ދިމާއަށް ދަތުރުކުރަމުން ދިޔަ ޕްރޮޓޯން އެސް70 މަރުކާގެ ކާރެއްގެ ފަހަތު ކަނާތްފަރާތުގައި ބާރަށް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަން މެދުވެރިވީ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.



ކިޔުންތެރިންގެ ހިޔާލު