އުމްރާގެ އަޅުކަން ފުރިހަމަކުރުމަށް ސައުދީ އަރަބިއްޔާއިން އަޅާފައި އޮތް ކޮންޓްރޯލް އުވާލައިފިއެވެ.

ކޯވިޑްގެ ސަބަބުން މިދިޔަ އަހަރުން ފެށިގެން އުމްރާއަށް އެތެރެވެވޭ މީހުންގެ އަދަދު އޮތީ ސައުދީން ވަރަށް ބޮޑަން ކޮންޓްރޯލްކޮށްފައެވެ. އަދި ހައްޖުގެ އަޅުކަމުގައިވެސް މިފަދަ އުސޫލުތަކެއް ގެންގުޅެފައިވެއެވެ.

ސައުދީ ސަރުކާރުން ބުނީ މިއަދުން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމަށް މީހުން އައުމުގައި އޮތް ކޮންޓްރޯލް ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަހަކު 2 މިލިއަން މީހުން އުމްރާވުމަށް އައުމުގެ ފުރުޞަތު ދޭން ނިންމާފައިވާކަމަށްވެސް ސައުދީން ބުނެއެވެ. އެހެންނަމަވެސް އުމްރާއަށް ހަރަމަށް އެތެރެވެވޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި މި އެންމެނަކީވެސް ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހެއެވެ.

ކޯވިޑާއި ގުޅިގެން ސައުދީން އެޅި ފިޔަވަޅުތަކާއެކު މިދިޔަ ދެ އަހަރު ޙައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންދިޔައީ ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެވިޔަ ނުދީ ހަމައެކަނި އެޤައުމުގައި އުޅޭ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު