އަފްޣާނިސްތާނުގެ މުހިއްމު ސަރަހައްދުތަކެއްގެ ކޮންޓްރޯލް ތާލިބާނުން ނަގައިފިއެވެ.

އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގައި، އެ ޤައުމުގެ މުޙިންމު ސިޓީތަކެއް ވަނީ ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

ހަބަރުތައް ބުނާގޮތުން ތާލިބާނުން މަސައްކަތްކުރަމުންދަނީ ރަށްފުށުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް މަދުކޮށް، ބޮޑެތި ސިޓީތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނައުމަށެވެ.

މިގޮތުން އަފްޣާނިސްތާނުގެ މުޙިންމު ސިޓީއެއްކަމަށްވާ ޤުންދޫޒާއި އެ ޤައުމުގެ އުތުރު ޕުރޮވިންސްގެ ވެރިރަށްކަމަށްވާ ސަރީޕުލްގެ އިތުރުން އީރާނުގެ ސަރަޙައްދީ ރޮނގާ ކައިރީގައި އޮންނަ ޒަރަންޖުވަނީ ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދިޝަބަރުޣާނާއި ތާލްޤާންވެސް ވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.



މިސިޓީ ތަކުގެ އިތުރުން އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ކަންދަހާރަށް ޠާލިބާނުން ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ބާރު ގަދަކުރަން ފަށާފައި މިވަނީ، 20 އަހަރު ދުވަހަށްފަހު އެމެރިކާއާއި ނޭޓޯގެ ސިފައިން އެގައުމުން ފޭބުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.



ކިޔުންތެރިންގެ ހިޔާލު