ޖިންސީ ގޯނާކުރިކަމަށް ބުނެ ޕްރިންސް އެންޑްރޫއާ ދެކޮޅަށް އަންހެނަކު އެމެރިކާގައި ދައުވާ އުފުލައިފިއެވެ.
ހަބަރުތައް ބުނާގޮތުން އެންޑްރޫއާ ދެކޮޅަށް އެމެރިކާގެ ނިއުޔޯކް ސިޓީގެ ކޯޓެއްގައި މަދަނީ ދައުވާއެއް އުފުލާފައިވަނީ، ވަރޖީނިއާ ޖިއުފްރޭ ނަމަކަށް ކިޔާ އަންހެނެކެވެ. އަންހެން މީހާ ބުނާގޮތުން އުމުރުން 17 އަހަރުގައި އޭނާ އިނގިރޭސިވިލާތަށް ގެންދިޔައީ، ޕްރިންސް އެންޑްރޫއާއެކު ޖިންސީ ގުޅުން ހިންގުމަށެވެ. އަދި އޭނާއަށް އެކި ފަހަރު މަތިން ލަންޑަން އަދި ނިއު ޔޯކްގައި އެންޑްރޫ ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެސް އަންހެން މީހާ ބުންޏެވެ.
މިމައްސަލައިގައި ދައުވާ އުފުލާފައިވަނީ، އެމެރިކާގައި ވަރަށް ފަހުން ފާސްކުރި މިފަދަ ގާނޫނެއްގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އަނިޔާ ލިބުނު ފަރާތްތަކަށް އިތުރު ހައްގުތަކެއް ލިބިގެންދެއެވެ.
މީގެކުރިން 2019 ވަނަ އަހަރުވެސް އަންހެން މީހާ ވަނީ މިމައްސަލަ ފެންމަތިކޮށްފައެވެ. މިމައްސަލަ ފެންމަތިވިޔަސް، ޕްރިންސް އެންޑްރޫ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ކަމަށެވެ. އަދި އަންހެން މީހާއާ ބައްދަލުވި ހަނދާނެއް ނެތްކަމަށްވެސް އެންޑްރޫ ވިދާޅުވިއެވެ. އެންޑްރޫ ވިދާޅުވީ ކަމާބެހޭ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވިކަމަށެވެ.
ނިއުޔޯކް ސިޓީގައި އެންޑްރޫއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ސާބިތުވިޔަސް، އެއީ މަދަނީ ދައުވާއަކަށްވުމުން އޭނާއަށް އަންނަނީ ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހޭ އަދަބެކެވެ.
ޕްރިންސް އެންޑުރޫއަކީ އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ 3 ވަނައަށް އެންމެ ދޮށީ ދަރިކަލުންނެވެ.

ކިޔުންތެރިންގެ ހިޔާލު