އެނބޫދޫ ފިނޮޅުކައިރި ކަނޑުމަތިން ލޯންޗަކާއި ދޯންޏެއް ޖެހި މިރޭ އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިރޭ 20:41 ގައި ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ކ.މާފުށިން ފުރައިގެން ދަތުރުކުރި ލޯންޗު، އެނބޫދޫ ފިނޮޅުގެ އިރުން 1 މޭލު ބޭރުގައި އޮތް ދޯންޏެއްގައި ޖެހުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެެެއެެވެ. ހާދިސާ ހިނގި އިރު ލޯންޗުގައި ތިބި މީހުން ލޯންޗުގެ ވެރިފަރާތުން ގެނައި ލޯންޗެއްގައި މިހާރު ވަނީ މާލެ ގެނެސްފައެވެ.

އަދި އެކްސިޑެންޓްވި ލޯންޗު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ބެލުމުގެ ދަށުން މާލެ ގެނެސްދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ޙާދިސާ އިތުރަށް ތަހުގީގް ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު