ތަރައްޤީއާ ބެހޭގޮތުން ސަރުކާރުން ދައްކާ ވާހަކަތައް ދިމާވާންޖެހޭކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، އައްޑޫ ފްލައިންގ ސްކޫލް ހިންގަމުންދާ އިމާރާތުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން އާ ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމުމާއި ގުޅިގެންނެވެ. ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޮޓިކްސް (އޭއޭއޭ) އިން ރާއްޖޭގައި ފްލައިންގް ސްކޫލެއް ހިންގަމުން ދިޔައީ އެންމެ ދެކުނުގައެވެ. އެއީ އައްޑޫގެ އެއާޕޯޓުް ހިންގަމުންދާ ކުންފުނިން ދޫކޮށްފައިވާ އިމާރާތެއްގައެވެ.
އައްޑޫ ފްލައިންގ ސްކޫލް ހިންގަމުންދާ އިމާރާތުގެ މުއްދަތު ހަމަވެ، އެ އެއްބަސްވުން އާ ނުކޮށްދޭން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ނިންމާފައި މިވަނީ، އެ ސްކޫލުގެ މައްސަލަ ބޮޑުވެ، ސަރުކާރުންވެސް އެމައްސަލައިގެ ތެރެއަށް ވަދެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ، ޝަހީމް މިއަދު ވިދާޅުވީ އަތޮޅެއްގައި ފްލައިންގ ސްކޫލެއް ހުރުމަކީ އެ އަތޮޅަކަށް ލިބޭ ކުރިއެރުމެއްކަމަށެވެ. ނަމަވެސް ހައިރާންވަނީ އައްޑޫ އެއަރޕޯޓުން ފްލައިންގ ސްކޫލްގެ އެއްބަސްވުން، ދަރިވަރުންގެ ޙައްޤުގައި ވެސް އާކޮށް ނުދެއްވުމުންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސަރުކާރުން ތަރައްޤީއާބެހޭ ގޮތުން ދައްކާ ވާހަކަތައް ދިމާވާންޖެހޭކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފްލައިންގ ސްކޫލްގެ މައްސަލައަށް އެހެން ޙައްލެއް ހޯދެން ދެން ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް މުއްދަތު ދެއްވަންޖެހޭކަމަށެވެ. އަދި އެދަރިވަރުންނަށް ރާއްޖޭގައި ދަތިތަކާއި ތަކުލީފުތައް އުފުލިއްޖެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ފްލައިންގް ސްކޫލްގެ ހުއްދަ އާކޮށްދިނުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު، އެވިޑު ކޮލެޖުން ވަނީ އައްޑޫ ފްލައިންގ ސްކޫލްގެ ހިންގުމާއި ހަވާލުވެފައެވެ. އެގޮތުން އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން އެފަރާތަށް ހުއްދައެއް ނުދެއެވެ.
ފްލައިންގް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

އަތޮޅެއްގައި ފްލައިން ސްކޫލެއް ހުރުމަކީ އެ އަތޮޅަކަށް ލިބޭ ކިހާ ބޮޑު ކުރިއެރުމެއް. އަޅުގަނޑު ޙައިރާންވަން އައްޑޫ އެއަރޕޯޓުން ފްލައިން ސްކޫލްގެ އެއްބަސް ވުން ދަރިވަރުންގެ ޙައްޤުގައި ވެސް އާކޮށް ނުދެއްވުމުން. ތަރައްޤީއާ ބެހޭ ގޮތުން ދައްކާ ވާހަކަތައް ދިމާވާންޖެހޭ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 8, 2021
ޑރ، ޝަހީމް މިއަދު ވިދާޅުވީ އަތޮޅެއްގައި ފްލައިންގ ސްކޫލެއް ހުރުމަކީ އެ އަތޮޅަކަށް ލިބޭ ކުރިއެރުމެއްކަމަށެވެ. ނަމަވެސް ހައިރާންވަނީ އައްޑޫ އެއަރޕޯޓުން ފްލައިންގ ސްކޫލްގެ އެއްބަސްވުން، ދަރިވަރުންގެ ޙައްޤުގައި ވެސް އާކޮށް ނުދެއްވުމުންކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސަރުކާރުން ތަރައްޤީއާބެހޭ ގޮތުން ދައްކާ ވާހަކަތައް ދިމާވާންޖެހޭކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ފްލައިންގ ސްކޫލްގެ މައްސަލައަށް އެހެން ޙައްލެއް ހޯދެން ދެން ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް މުއްދަތު ދެއްވަންޖެހޭކަމަށެވެ. އަދި އެދަރިވަރުންނަށް ރާއްޖޭގައި ދަތިތަކާއި ތަކުލީފުތައް އުފުލިއްޖެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެހެން ޙައްލެއް ހޯދެން ދެން ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދެވޭ ގޮތައް މުއްދަތު ދެއްވަންޖެހޭ. އެދަރިވަރުންނަށް ރާއްޖޭގައި ދަތިތަކާއި ތަކުލީފުތައް އުފުލިއްޖެ. ފުދިއްޖެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 8, 2021
ފްލައިންގް ސްކޫލްގެ ހުއްދަ އާކޮށްދިނުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު، އެވިޑު ކޮލެޖުން ވަނީ އައްޑޫ ފްލައިންގ ސްކޫލްގެ ހިންގުމާއި ހަވާލުވެފައެވެ. އެގޮތުން އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން އެފަރާތަށް ހުއްދައެއް ނުދެއެވެ.
ފްލައިންގް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ހުއްޓި، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެ ދަރިވަރުން ވަނީ ސިވިލް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު