"ދިވެހިބަހުގެ އެކެޑަމީ"ގެ ރައީސްކަމުގެ މަޤާމަށް ޑރ. އަޝްރަފް ޢަބްދުއްރަޙީމް އައްޔަންކުރައްވައިފިއެވެ.
ދިވެހިބަހުގެ އެކަޑަމީގެ 3 މެންބަރެއްގެ، މެންބަރުކަމުގެ ދަޢުރު ހަމަވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވަނީ އެ އެކަޑަމީގެ މެންބަރުކަމަށް 3 ބޭފުޅަކު ޢައްޔަންކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަންކުރެއްވި 3 މެންބަރުންނަކީ ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ.
ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8 ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީއާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންނެވި މި ބަދަލާއެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:-
1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ،
2- ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،
3- މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
4- އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901،
5- ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ މިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު (9-2011) ގައި ވާ ގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބު ރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން ބަހުގެ އެކަޑަމީގެ ރައީސަކަށް އަޝްރަފް ޢަބްދުއްރަޙިމް އަދި ނާއިބު ރައީސަކަށް ޒުލްފާ އިބްރާހީމް ވަނީ އައްޔަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު