ކޮމިއުނިޓީ ޝީލްޑާ އެކު ލެސްޓާ ގެ ކުޅުންތެރިން
ކޮމިއުނިޓީ ޝީލްޑާ އެކު ލެސްޓާ ގެ ކުޅުންތެރިން
އިނގިރޭސިލީގު ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭކަޕް ޗެންޕިއަން ލެސްޓާ ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފިއެވެ.

އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗް ލެސްޓަރ ކާމިޔާބު ކޮށްފައިވާއިރު، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައިވަނީ 14 އޯގަސްޓް ވާ ހޮނިހިރު ދުވަހުއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ލެސްޓާ ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ކޮމިއުނިޓީޝީލްޑް މެޗު ލެސްޓާއިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ލެސްޓާއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، ސިޓީގެ ނަތަން އަކޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެލެޗީ އިހެނާޗޯއެވެ. ދާދި ފަހުން 100 މިލިޔަން ޕައުންޑް ހަރަދުކޮށްގެން ސިޓީއަށް ގެނައި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް މި މެޗްގައި ކުޅުނު ނަމަވެސް އޭނާގެ ފަރާތުންއެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. ގްރީލިޝް ކުޅެން ނިކުތީ މެޗުގެ 60 ވަނަ މިނެޓުގައެވެ.

ލެސްޓާއިން މީގެ ކުރިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ 1971 ވަނަ އަހަރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން