ކެބިނެޓް މިނިސްޓަރުކަމުގެ މަޤާމާއެކު، ދައުލަތުގެ އިސް މަޤާމުތަކެއް ކުރިން ފުރުއްވި އަހުމަދު މުހައްމަދު (އަންޑޭ) މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ސޮއިކުރައްވައިފިއެވެ.
އެމްއެންޕީއަކީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕާޓީއެކެެވެ.
އެމްއެންޕީން ބުނީ ރައީސް ވަޙީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވި އަދި ފަހުން އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ވެސް ކުރެއްވި އަހުމަދު މުހައްމަދު އެޕާޓީއާ ގުޅިވަޑައިގެންފައިވާކަމަށެވެ.
ޑީއާރުޕީއާއި، ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވި އަންޑޭއަކީ އިކޮނޮމިކްސްގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓަރސް ޑިގްރީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. 1989 ވަނަ އަހަރު ޕްލޭނިންގ މިނިސްޓްރީގެ ވަޒީފާއިން ސަރުކާރާއި ގުޅިވަޑައިގެންނެވި އަހުމަދު ވަނީ ދައުލަތުގެ އެކި މަޤާމްތައް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރުކަމާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، އެހެން ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން ހިމެނެއެވެ. އަހުމަދު އެންމެފަހުން އަދާކުރެއްވި މަޤާމަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑަަައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމެވެ.
އެމްއެންޕީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެޕާޓީގެ ފުރަތަމަ ރަޖިސްޓްރޭޝަން އޮފީސް މިދިޔަ ބުދަ ދުވަހު ވަނީ ހުޅުވާފައެވެ.
އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ ނާޒިމްގެ އާއިލީ ބޭފުޅެއްކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
އުޝާމާއި ކާނަލް ނާޒިމްގެ އިތުރުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މައުމޫން އަރިހުގައި މަސައްކަތް ކުރެއްވި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ޕާޓީއަކީ އެމްޑީޕީގެ ޓިކެޓް ރައީސް ސާލިހަށް ލިބިވަޑައި ނުގެންފިނަމަ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހޯދައިދޭން އުފައްދާ ޕާޓީއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު