ދިވެހިރާއްޖޭގައި ހައްދުފަހަނައެޅުމާއި ރެޑިކަލައިޒޭޝަނަކީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
މީހާރު އިންޑިއާގައި ހުންނަވައި އިންޑިއާގެ "ފަސްޓްޕޯސްޓް" ނޫސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ބަޖެޓުގެ 15 އިންސައްތައަށްވުރެ ގިނަ އަދަދެއް މިހާރު ޚަރަދުކުރަނީ ދިފާއީ ކަންކަމަށް ކަމަށެވެ.
ނަމަވެސް، އެއީ ރާއްޖެއަށް ތަހައްމަލުކުރެވޭވަރުގެ ބޮޑު ޚަރަދެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މޫސުމީ ބަދަލުތަކަށް ހޭނުމަށް ބަޖެޓުގެ 30 އިންސައްތަ އަދި ދަރަނި ދެއްކުމަށް 25 އިންސައްތަ ޚަރަދުވާތީ، ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް އަދި އިޖުތިމާއީ ރައްކާތެރިކަމަށް ޚަރަދުކުރާނެ ފައިސާއެއް ބަޖެޓުގައި ނުހުންނަ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި ހައްދުފަހަނައެޅުމާއި ރެޑިކަލައިޒޭޝަނަކީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ގައުމުގައި ބަގާވާތްކުރާ މީހުންނާއި ހަމަނުޖެހުން އުފައްދާ މީހުން ނުކުންނަނީ މިފަދަ ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ތެރެއިން ކަމަށްވާތީ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ގައުމީ ސަލާމަތް ވަރުގަދަކޮށް ކަނޑުގެ ސަރަހައްދުތައް ސުޕަވައިޒްކޮށް ބެލެހެއްޓުމަކީ ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެކުލެވޭ ކަމެކެވެ. އޭގެ ތެރޭގައި ކަނޑުދަތުރުފަތުރު ކުރުމާއި، ލޯންޗު ޚިދުމަތްތައް ދިނުމާއި، އަދި ކަނޑުގެ އަސްކަރީ ތަމްރީނުތައް ބޭއްވުން ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ބޭރު ގައުމުތަކުން އެތެރެވާ ހައްދުފަހަނައެޅޭ ފިކުރުތައް ހުއްޓުވައި، ގައުމު ރެޑިކަލައިޒްވުމުން ސަލާމަތްކުރުމަށްޓަކައި ރައްޔިތުންނަށް އުފާވެރި އަދި ތަނަވަސް ދިރިއުޅުމެއް ހޯދައިދިނުން މުހިންމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މީހުންގެ އަތްމަތި ދަތިވެ އެއްވެސް އެއްޗެއް ނެތް ހާލަތްތަކުގައި، އެމީހުން ނުބައި މަގުތަކަށް މާފަސޭހައިން ހުޅުވިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު