މިހާރަކަށް އައިސް ކަރަންޓް ބިލު ބޮޑުވަނީ ކުރީ ސަރުކާރުގެ ސަބަބުންކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފަައި މިވަނީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ‏އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށެވެ. އަދި އެކަން އެގޮތައް ދިމާމިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުންކަމަށެވެ.





މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ‏މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް ވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯގެ މައްސަލައެއް ނޫޅޭކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ. އަދި ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ބޭނުންކުރާ ގޮތުންނާއި ބައެއް ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު