މި ސަރުކާރުން ވަނީ ރާއްޖޭގެ މިނިވަންކަން ނީލަމުގައި ވިއްކާލާފައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަމަކަށް ބޭރުގެ ނުފޫޒު ވަދެ ނިމިފައިވާ ކަމަށާއި، އެގޮތުން އަމިއްލަ ބާރު ނުފޯރާ ގޮތަށް ބަނދަރުތަކާއި ބިންފަދަ ހަރު މުދާ ދޫކުރުމަކީ އަޅުވެތިކަމުގެ ބިންގާ ކަމަށެވެ.
މިއީ އަޅުވެތިނުވެ މިނިވަންކަން ދިފާއު ކުރަން ހިތްވަރު ކުރަންވީ ވަގުތުކަން ފާހަގަ ކުރަށްވަމުން ޑރ. ޖަމީލް ވިދާޅުވީ، މި ސަރުކާރުން ވަނީ ގައުމުގެ މިނިވަންކަން ނީލަމުގައި ވިއްކާލާފައި ކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތްކަމަށް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ވިދާޅުވެފައިވާތީ އެކަމަށްވެސް ޑރ. ޖަމީލް މިއަދު ވަނީ ރައްދު ދެއްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ، ރައީސް މައުމޫނަށް ޙައްޤުބަސް ވިދާޅުވާން ކެރިވަޑައި ނުގަތުމުން ހިތާމަކުރަށްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ނޫންކަމާއި، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފު ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރައީސް މައުމޫނަށް ޙަޤީޤަތް އެނގިވަޑައިގެން ހުންނަވައި އެވާހަކަތައް ވިދާޅުނުވުމުން ފެންނަނީ ރައީސް މައުމޫންގެ ނުބައި ހަސީލަތް ކަމަށް ޑރ. ޖަމީލް މިއަދު ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ މިސަރުކާރުން އިންޑިއާއާއެކު ބާއްވަމުންދާ ގުޅުމާ ދެކޮޅަށް ވަރަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ސަރުކާރުން އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައްވައި، އިންޑިއާއިން ރާއްޖޭގައި ބައިތިއްބާފައި ތިބި ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ކެމްޕޭނުފައި ޑރ ޖަމީލް ގެންދަވަނީ އިސް ދައުރެއް އަދާކުރަށްވަމުންނެވެ.

ހުރިހާ ކަމަކަށް ބޭރުގެ ނުފޫޒް ވަދެ ނިމިއްޖެ. އަމިއްލަ ބާރު ނުފޯރާ ގޮތަށް، ބަނދަރުތަކާއި ބިންތައްފަދަ ހަރުމުދާ ދޫކުރުމަކީ އަޅުވެތިކަމުގެ ބިންގާ. މިސަރުކާރުން ވަނީ ޤައުމުގެ މިނިވަންކަން ނީލަމުގައި ވިއްކާލާފައި. މިއީ އަޅުވެތި ނުވެ، މިނިވަންކަން ދިފާޢުކުރަން ހިއްވަރުކުރަންވީ ވަގުތު. pic.twitter.com/J5ye8OAq73
— Mohamed Jameel Ahmed (@MJameelAhmed) July 26, 2021
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތްކަމަށް އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ވިދާޅުވެފައިވާތީ އެކަމަށްވެސް ޑރ. ޖަމީލް މިއަދު ވަނީ ރައްދު ދެއްވާފައެވެ. ޑރ. ޖަމީލް ވިދާޅުވީ، ރައީސް މައުމޫނަށް ޙައްޤުބަސް ވިދާޅުވާން ކެރިވަޑައި ނުގަތުމުން ހިތާމަކުރަށްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީޢަތް އިންސާފުވެރި ނޫންކަމާއި، ޤާނޫނީ ބޮޑެތި ގޯސްތައް ހުރިކަން ސާފު ކަމަށް ޖަމީލް ވިދާޅުވިއެވެ.
އަދި ރައީސް މައުމޫނަށް ޙަޤީޤަތް އެނގިވަޑައިގެން ހުންނަވައި އެވާހަކަތައް ވިދާޅުނުވުމުން ފެންނަނީ ރައީސް މައުމޫންގެ ނުބައި ހަސީލަތް ކަމަށް ޑރ. ޖަމީލް މިއަދު ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ މިސަރުކާރުން އިންޑިއާއާއެކު ބާއްވަމުންދާ ގުޅުމާ ދެކޮޅަށް ވަރަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ސަރުކާރުން އިންޑިއާއާއިއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައްވައި، އިންޑިއާއިން ރާއްޖޭގައި ބައިތިއްބާފައި ތިބި ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ ކެމްޕޭނުފައި ޑރ ޖަމީލް ގެންދަވަނީ އިސް ދައުރެއް އަދާކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު