ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުމުގައި ޢަދާލަތު ޕާޓީގެ ދައުރު ބޮޑުކަމަށް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.
ޝައިޚް މުޙައްމަދު އަނީލް މިމޭރުމުން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކޮށްފައިވަނީ، ނުވަތަ ހިޞާރުކޮށްފައިވަނީ އަދާލަތު ޕާޓީން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މިސަރުކާރު ކޯލިޝަނުގެ ކުޑަ ބައިވެރިއެއް ކަމުގައިވާ އަދާލަތު ޕާޓީއަށް ރައީސް ޞާލިޙުގެ ނިންމެވުންތައް މޮނޮޕޮލައިޒްކުރުމުގެ ފުރުޞަތު ދެއްވުމުން، ކޯލިޝަނުގެ ތަބީއަތަކީ ދިވެހިރާއްޖޭގައި އޮތް ނިޔާބީ (ރެޕްރެޒެންޓޭޓިވް) ޑިމޮކްރަސީގެ ހުރިހާ އުސޫލުތަކާ ޚިލާފު ތަބީއަތެއްކަން ހާމަވި ކަމަށެވެ.
އެކަމާ ގުޅިގެން ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ، ޢަދާލަތު ޕާޓީގެ ފަރާތުން ކޯލިޝަނަށް ލިބުނު ފައިދާއެއް ނެތްކަމަށް ބޭފުޅަކު ވިދާޅުވިނަމަވެސް ކޯލިޝަން އުފެދުމާއި، މިއަދާ ހަމައަށް ކޯލިޝަން ދެމެހެއްޓުމުގައި ޢަދާލަތުޕާޓީގެ ދައުރު ބޮޑުކަން ގިނަ ބަޔަކު ދަންނާނެ ކަމަށެވެ.
އަދި އެކަން "ކޯލިޝަން ހަދަން ބޭނުންނުވާ މީހަކަށް ނޭނގި އޮވެދާނެ" ކަމަށް ޝައިޚް އަނިލް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ޞާލިޙުގެ ވެރިކަމުގައި، އަދާލަތުގެ ރައީސް އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި ހަރުކަށިފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތާ ގާތަށްވެސް ކުރީގެ ސަރުކާރުތަކަށް އެކަން ކުރެވިފައި ނެތްކަމީ ހަގީގަތް ކަމަށެވެ. އަދި ބަޔަކު ހަސަދަވެރިވިޔަސް ﷲގެ ވާގިފުޅާއެކު މިއޮޑި ދާނީ ކުރިއަށް ކަމަށް ޝައިޚް އަނީލް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިން" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހިން ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.

AP ge faraathun Coalition ah libunu faidhaa eh neiy kamah beyfulhaku adhi bunyas, Coalition ufedhumaai, adhaa hama ah hifehettumugai, Allah ge rahumathah fahu AP ge dhauru bodu kan, Coalition dhanna komme meehakah engeyne. Coalition hadhan beynun nuvaa meehakah neyngi ovedhaane.
— Aneel 🇲🇻 (@aneelmv) July 17, 2021
އޭގެ އިތުރުން ޝައިޚް މުޙައްމަދު އަނީލް ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސް ޞާލިޙުގެ ވެރިކަމުގައި، އަދާލަތުގެ ރައީސް އިމްރާންގެ ހޯމް މިނިސްޓަރު ކަމުގައި ހަރުކަށިފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތާ ގާތަށްވެސް ކުރީގެ ސަރުކާރުތަކަށް އެކަން ކުރެވިފައި ނެތްކަމީ ހަގީގަތް ކަމަށެވެ. އަދި ބަޔަކު ހަސަދަވެރިވިޔަސް ﷲގެ ވާގިފުޅާއެކު މިއޮޑި ދާނީ ކުރިއަށް ކަމަށް ޝައިޚް އަނީލް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިންގެ ގިނަ މީހުންނަކީ "ޕްރޮގުރެސިވް" ނުވަތަ ކުރިއެރުމަށް ތާއީދުކުރާ ބައެއް ކަމަށެވެ. އަދި ގިނަ ދިވެހިންނަކީ މިނިވަންކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މިއުޒިކާއި ސަގާފަތާއި އިޤުތިޞާދީ ފުދުންތެރިކަމަށް ލޯބިކުރާ "މެދުމިން" ގެ ދީނީ ވިސްނުމެއް ގެންގުޅޭ ބައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިހެން ދިވެހިން ވޯޓުދީފައިވަނީ ޕްރޮގުރެސިވް ކެންޑިޑޭޓުންނަށް ކަމަށާއި، ދިވެހިން ދީނީ ހަރުކަށި ވިސްނުމުގެ މީހުންނަށް ވޯޓުނުދޭ ކަމަށް ރައީސް ނަޝީދުގެ ބަޔާނުގައިވެއެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖޭގައި އަނިޔާވެރި ކަންކަން ހިނގާފައިވާތީ އެކަންކަން ހުއްޓުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު ތެރޭގައި ހިމެނޭ ދީނީ ބަޔަކު މިބިލާއި ދެކޮޅު ހެދުމުން ސަރުކާރުން ބިލަށް އޮތް ތާއީދު އަނބުރައި ގެންދިޔަކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މިބިލަށް ތާއީދުކުރި ފަރާތްތައް ނުރައްކަލަށް ހުށަހެޅިގެން ދާނޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ބަޔާނުގައި ނަފްރަތު ހުއްޓުވުމުގެ ބިލަށް ތާއީދުކުރުމުގެ ލީޑަރޝިޕެއް ސަރުކާރުގައި ނެތްނަމަ، އެމަނިކުފާނަށް ސަރުކާރަށް ތާއީދުކުރެވޭކަށް ނޯންނާނެކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު