ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކުރީގެ ޚާރިޖީ ވަޒީރު މަރުޙޫމް ފަތުޙުﷲ ޖަމީލަކީ ޢިލްމުވެރި ފިލޯސަފަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އާ އިމާރަތުގެ ނަން، ދިވެހި ޚާރިޖިއްޔާއަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވި ކުރީގެ މިނިސްޓަރު މަރްހޫމް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ އޮފީހުގެ ނަން މިހާރު އެވަނީ އެންމެ ރަނގަޅަށް ބަދަލުވެފައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ފަތުހުﷲ ޖަމީލަކީ ހާރިޖީ ސިޔާސަތު ބިނާ ކުރެއްވުމުގައި އަދި ކުދި ގައުމުތަކަށް ބައިނަލް އަގުވާމީ އާއިލާގައި މަތިވެރި ދައުރެއް އަދާކުރުމަށް ގިނަ ފުރުސަތުތަކެއް ހޯއްދަވާދެއްވި އިލްމްވެރި ފިލޯސަފަރެއް ކަމަށެވެ.



ދިވެހި ޚާރިޖީ އޮފީހުގެ ނަން މަރުޙޫމް ފަތުޙުﷲ ޖަމީލަށް ޚާއްސަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ޞާލިޙް ވިދާޅުވީ ރާއްޖެއަށް ބައިނަލްއަގުއާމީ މައިދާނުގައި ލިބިފައިވާ މަތިވެރި މަގާމާއި ރާއްޖެއާއި މެދު އުފެދިފައިވާ އިތުބާރާއި ގަދަރުގެ ހަގީގީ ސިއްރަކީ ހިކުމަތްތެރިކަމާއެކު މަރުހޫމް ފަތުހު ﷲ ޖަމީލުގެ ބުރަ މަސައްކަތްޕުޅުން ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ފަތުހުﷲ އަކީ ރާއްޖެ އަށް މިނިވަންކަން ލިބުނު ފަހުން އެންމެ ގިނަ ދުވަހު ހާރިޖީ ވަޒީރުކަން ކުރެއްވި ބޭފުޅާ އެވެ. ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މެދުކެނޑުމެއް ނެތި 27 އަހަރު ހިދުމަތްކުރެއްވި އެވެ.

ފަތުހުﷲ، މިސްރުގެ އަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައި، އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ މަންދޫބުކަން ވެސް ކުރައްވަމުން ގެންދަވަނިކޮށް، ރާއްޖޭގެ ފޮރިން މިސްޓަރު ކަމަށް ފަތުހުﷲ އައްޔަން ކުރެއްވީ 1978 ވަނަ އަހަރު އެވެ. އެ މަގާމުގައި 2005 ވަނަ އަހަރުގެ ނިޔަލަށް އޭނާ ހުންނެވި އެވެ.

އުމުރުފުޅުން 69 އަހަރުގައި ފަތުހުﷲ ޖަމީލް އަވަހާރަވީ ހިތުގެ އާލަސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާކުރައްވަމުން އަންނަނިކޮށް، މާޗު 1، 2012 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން