ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެގެ މަޤާމަށް މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް މ. ބާންސާގެ، މުޙައްމަދު ޝިހާބު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ސިޔާސީ މަގާމު ދެއްވި ދެބޭފުޅުންގެ ތެރެއިން ޙުސައިން އިސްމާޢީލަކީ މި ސަރުކާރުގެ އިޤްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލްގެ ބޭބެއެވެ. ޙުސައިން ވަނީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖުން ޑިޕްލޮމާއިން މާކެޓިންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާސިލު ކުރަށްވާފައެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމާއި ހަމައަށް ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސެވެ. އަދި ޙުސައިން އިސްމާޢިލަކީ ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަނެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތައްވެސް ޙުސައިން އިސްމާޢީލް ވަނީ މީގެ ކުރިންވެސް ފުރުއްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމުވެސް ޙުސައިން އިސްމާޢީލް ވަނީ އަދާކުރައްވާފައެވެ.

މީގެ އިތުރުން މިއަދު ސްޓޭޓް މިނިސްޓަރ ކަމަށް ޢައްޔަނު ކުރެއްވި މުޙައްމަދު ޝިހާބަކީ އިންޑިޔާގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަންއިން ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިންގ އެންޑް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ކަމަށް އައްޔަނު ކުރެއްވި މުޙައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ޝިހާބު ވަނީ މީގެ ކުރިން ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

މީގެ އިތުރުން ވެސް މުޙައްމަދު ޝީހާބު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަޤާމާއި، މަޖީދިއްޔާ ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލްގެ މަޤާމު ވެސް އަދާކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން