ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މެންބަރު އުޝާމް އަށް އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ. ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އުޝާމަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރެވެ.



މެންބަރު އުޝާމަށް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ އީސީން ދީފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ގެންދަވަނީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ކުރަށްވަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުޝާމްގެ ޢާއިލީ ބޭފުޅެއް ކަމަށްވާ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވެސް ގުޅިވަޑައިގަންނަވާނީ އުޝާމް އުފައްދަވާ ޕާޓީއަށެވެ. އޭގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒްވެސް ގުޅިވަޑައިގަންނަވަނީ އެޕާޓީއަށެވެ.



އުޝާމް ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ އަކީ އޭނާގެ އިތުރުން ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު ގުޅިގެން އުފެއްދުމަށް ނިންމާފައިވާ ޕާޓީއެއް ކަމަށެވެ.

އުޝާމް އުފައްދަވާ ޕާޓީއަށް ގުޅިވަޑައިގަތުމަށްޓަކައި ކާނަލް ނާޒިމާއި، ޢަބްދުﷲ ރިޔާޒް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން