ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރީކޯ މޫސަ (ވ)
ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރީކޯ މޫސަ (ވ)
ރައީސް ނަޝީދުގެ ސިޔާސީ އަދި ދީނީ ފިކުރު ޕީޕީއެމަށް ކަމުދިޔައީތޯއޭ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސަ މުހިއްމު ސުވާލެއް އުފައްދަވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ސިޔާސީ ގޮތުން މިހާރު ފިކުރުދިމާނުވާ ކަމަށާއި، ސިޔާސީ ގޮތުން އެމަނިކުފާނާ އެކީގައި މިހާރު ހުންނެވެން ނެތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު އިިއްޔެވަނީ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދުގެ ބަސްފުޅާ ގުޅިގެން ޕީޕީއެމްގެ އެޑްވައިޒަރ ޑރ. ޖަމީލް ވަނީ ރައީސް ނަޝީދަށް ސާބަސް ދެއްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއަރޕާސަންކަންވެސް މީގެ ކުރިން ކުރަށްވާފައިވާ ރީކޯ މޫސަ މިއަދު ވިދާޅުވީ، ޕީޕީއެމްގެ އިސް ބޭބޭފުޅުން ރައްޔިތުންގެ މަޖިލީހުގައާއި، ޓީވީތަކާއި، ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް ހެޔޮއެދިގެން ވާހަކަދައްކާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ސިޔާސީ އަދި ދީނީ ފިކުރު ޕީޕީއެމަށް ކަމުދިޔައީތޯއޭ ވިދާޅުވެ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ޞާލިޙާއެކު ސިޔާސީ ގޮތުން ނުހުންނެވޭނެ ކަމަށް ހާމަކުރައްވައި ވިދާޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށެވެ. އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މާމުހިންމު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ބަސްފުޅަށް ރައީސް ޞާލިޙް އެއްވެސް ސަމާލުކަމެއް ނުދެއްވުމުން ރައީސް ނަޝީދު މިއަދުވަނީ އިއްޔެ ދެއްކެވި ވާހަކަފުޅުގެ އިތުރު ތަފްސީލްތައްވެސް ހާމަކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ހަސަނު

16-Jul-2021

ނުދޭ ނުދޭ ނުދޭ! ނުވެސްދާނެ!



ޓްރެންޑިން