މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީއަށް ސިފައިންގެ އިސްބޭފުޅުން އަނެއްކާވެސް މިއަދު ޙާޟިރުކޮށްފިއެވެ.
އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވެސް މިއަދު ވަނީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ. މީގެކުރިންވެސް އެ ކޮމެޓީއަށް މި ދެ ބޭފުޅުން ހާޒިރުކޮށް މަޢުލޫމާތު ސާފުކޮށްފައިވެއެވެ.
241 ކޮމިޓީން ވަކިވަކި ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވަނީ ވަކިވަކި ސިފައިންނާ ސުވާލު ނުކުރެވޭނެ ކަމަށާއި ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ އަސްކަރިއްޔާއިންކަމަށެވެ. ނަމަވެސް މިހާރު ވަކިވަކި ސިފައިން ގެންދަނީ ކޮމިޓީއަށް ޙާޟިރުވެ މަޢުލޫމާތު ހިއްސާކުރަމުންނެވެ.
ސިފައިންގެ އިސްވެރިންނާއި އަނެއްކާވެސް ސުވާލު ކޮށްފައިވާއިރު އިއްޔެ ކޮމެޓީގެ މެންބަރުން ވަނީ ބަންޑާރަ ކޮއްޓަށްވެސް ވަޑައިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރައްވާފައެވެ. މީގެއިތުރުން މާދަމާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެކޮމެޓީއަށް ހާޒިރު ކުރުމަށްވެސް ވަނީ ނިންމާފައެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅިގެން 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް މިހާތަނަށް ގިނަ ފަރާތްތަކެއް ވަނީ ހާޒިރުކޮށްފައެވެ. އޭގެ ތެރޭގައި ދައުލަތުގެ މިނިސްޓަރުންނާއި، ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި އޮފިސަރުންނާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
241 ކޮމިޓީން ވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ކޮމިޓީން ދާނެކަމަށާ، ކޮމިޓީއަށް ޙާޒިރުކުރަންޖެހޭކަމަށް ކޮމިޓީއަށް ފެންނަ ހުރިހާ އެންމެން ޙާޒިރުކޮށް ސުވާލު ކުރަމުން ގެންދާނެކަން ބުނެފައެވެ. އަދި 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް ކޮމިޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބައެއްބޭފުޅުން ވަނީ ސަރުކާރުން މި އިންކުއަރީއަށް ހުރަސް އަޅަމުން ގެންދާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުގައި ސީދާ ރައީސް ޞާލިހަށްވެސް އިނގިލި ދިއްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު