މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި މެންބަރުން
މައްސަލަ ބޭރުކޮށްލަން ވޯޓު ދެއްވި މެންބަރުން
ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވި މައްސަލަ ބޭރުކޮށްލަށް ލީ ވޯޓު ލީކުވީ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް އެ މައްސަލަ ބެލުމަށް ހުށައެޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ ބޭރުކޮށްލުމަށް ވޯޓުދެއްވި އެމްޑީޕީގެ މެންބަރުންނަކީ ސަނީފާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އަދި ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ސިއްރު ކޮމިޓީގައި ލީވޯޓު ލީކުވީގޮތް ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަދި އިމްތިޔާޒު ކޮމެޓީގެ މިހާރުގެ މުގައްރިރު ޔާސިރު އަބްދުއް ލަތީފާއި، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަަދު ރާއީ އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، ހަސަން ޒަމީލްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ފޮނުވީ އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެެވެ. އެއީ ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ޑިފެންސް މިނިސްޓްރީގެ ފަރާތުން ޒަމީލް ސޮއިކުރައްވައި ސިޓީއެއް ފޮނުއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފުން ފޮނުވި ސިޓީގެ މައްސަލައިގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެމައްސަލަ މިޖިލީހުން ޕީޖީ އޮފީހަށް ހުށައެޅިއެވެ. ނަމަވެސް ޕީޖީ އަންގަވާފައި ވަނީ އެ މައްސަލަ ތަޙުޤީޤީ އިދާރާއެއް މެދުވެރި ކުރަށްވައި ޕީޖީއަށް ހުށައެޅުމަށެވެ.



ކިޔުންތެރިންގެ ހިޔާލު