ރައީސް ނަޝީދު ޚިތާނުކޮށްފައި ހުރިތޯ މީހަކު ސުވާލު އުފައްދައިފިނަމަ އެމަނިކުފާނު ޢަމަލުކުރައްވާނެ ގޮތަކާމެދު ފިކުރު ކުރެއްވޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ ޓްވިޓަރ އެކައުންޓެއް ކަމަށްބުނެ ގިނަ ބަޔަކު ޓްވިޓާގައި ފޮލޯކުރާ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުން އިއްޔެ ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގައި ލިބުނު ޒަޚަމްތައް ފަސޭހަވަމުން އަންނަ، ރައީސް ނަޝީދުގެ ހަށިކޮޅުގެ ވަރަށް ހާމަކަންބޮޑު ފޮޓޯއެއް ޢާއްމުކޮށްފައެވެ. މި ފޮޓޯ އާންމު ކުރުމާއެކު މީސް މީޑިއާގައި ވަނީ މި ފޮޓޯއާމެދު ވަރުގަދަ ބަހުސެއް ފެށިފައެވެ. އެއްބަޔަކު އެފޮޓޯ ސިފަކުރީ ބަރަހަނާ ފޮޓޯއެއްގެ ގޮތުގައެވެ. ޝައިޚް ޒައިދަކީ ވެސް އެނަޒަރުން އެފޮޓޯއާއިމެދު ދެކެވަޑައިގެންނެވި ބޭފުޅެކެވެ.

މިފޮޓޯ އާންމު ކުރަމުން އެލެކްސް ބުނެފައިވަނީ ބައެއް ފަރާތްތަކަށް ވީގޮތް އަދިވެސް މުޅިން ސާފު ނުވާތީ ފޮޓޯ ޙިއްސާކުރީކަމަށެވެ.

އެލެކްސް ޢާއްމުކުރި ފޮޓޯތަކުގައި ރައީސް ނަޝީދުގެ ޢައުރަ ފެންނަން ހުރުމުން ޒައިދު ވަނީ ރައީސް ނަޝީދުގެ ސަބަބުން ބައެއް ފަހަރު ހިނިވެސް އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ބަޔަކު ރައީސް ނަޝީދު ޚިތާނުކޮށްފައި ހުރި ކަމާމެދު ސުވާލު އުފައްދައިފިނަމަ ޢަމަލު ކުރަށްވާނެ ގޮތަކާމެދު ބިރުން ހުންނެވި ކަމަށް ޒައިދު ވިދާޅުވެވައި ވެއެވެ.

"އޭރުން ދެން ހިއްސާކުރަށްވާނީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެ. އަދި ކެޕްޝަންގަވެސް ޖައްސަވާފާނެ ކޮންމެފަދަ ވާހަކައެއް ވެސް." ޒައިދު ވިދާޅުވިއެވެ.



ރައީސް ނަޝީދު އިއްޔެ އާންމުކުރެއްވި ފޮޓޯ އިން އެމަނިކުފާނުގެ ހަށިކޮޅުގެ ބޮޑުބައެއް ފެންނަން އޮތްއިރު ލިބިވަޑައިގެންފައިވާ އަނިޔާތައް ވަރަށް ސާފުކޮށް ފެނެއެެވެ. މިމައްސަލައިގައި މީގެ ކުރިން އަލީ ޒައިދުވަނީ ކަމެއް ސާބިތު ކުރަންވެސް އައުރަ ނުދެއްކުމަށް ގޮވާލައްވާފައެވެ. ޒައިދު ކުރެއްވި ޓްވީޓެއްގައި ހުރިހާ ބޭފުޅުންވެސް އައުރައަަށް ރައްކާތެރިވުމަށް ވަނީ ގޮވާލައްވާފައެވެ. ޒައިދު ވިދާޅުވީ ޕޮއިންޓެއް ޕްރޫވް ކުރަންވެސް އައުރަ އެންމެންނަށް ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

ޒައިދަށް ރައްދުދެއްވަމުން އެލެކްސް ވެސް ބުނެވެފައިވަނީ އެމަނިކުފާނުގެ އޮރިޔާންވެސް އެހާ ހުތުރު ނޫން ކަމަށެވެ.

މާލޭގެ ނީލޯފަރުމަގުގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި 16 ގަޑިއިރުގެ ސާޖަރީތަކެއް ހެއްދެވުމަށްފަހު، އިތުރު ފަރުވާހޯއްދެވުމަށް އެމަނިކުފާނު މިހާރު ވަޑައިގެންވީ ޖަރުމަނުވިލާތުގައެވެ. ޖަރުމަނު ހޮސްޕިޓަލުން އިތުރު ފަރުވާ ދިނުމަށްފަހު އިއްޔެ ވަނީ ރައީސް ނަޝީދު ޑިސްޗާޖް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު