ގޭގެއަށް ގޮސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ސާމްޕަލް ނަގައިދޭނެ ވަކި ކެޓަގަރީތައް ކަނޑައަޅައިފައިވާ ކަމަށް ހެލްތު އިމަޖެންސީ ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ، މިވަގުތު ބަލީގެ ހާލަތު އޮތްގޮތުން ސާމްޕަލް ނަގައިދޭން ގޭގެއަށް ދާނީ ވަކި ކެޓަގަރީތަކެއްގެ މީހުންގެ ސާމްޕަލް ނަގަންޖެހޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް ސާމްޕަލް ނަގަައިދޭނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން އަދި އަހަރު ނުފުރޭ ތުއްތު ކުދިންގެ ސާމްޕަލް ނަގަން ޖެހޭ ހާލަތުގައި ކަމަށް މަބުރޫކް ވިދާޅުވިއެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްވާ މީހުންގެ ސާމްޕަލް ނަގާ ޓެސްޓްކުރަމުންދާއިރު މި ދުވަސްވަރު ޕޮޒިޓިވްވާ މީހުންްގެ އަދަދު އެވްރެޖްކޮށް އުޅެނީ 700 އަށް ވުރެ މަތީގައި ކަން ފާހަގަކޮށްލެވެއެވެ. ބަލީގައި ކޮންމެ ދުވަހަކު މަރުވާ އަދަދު ވެސް މިހާރުވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު