ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢު
ރ. އުނގޫފާރު މަގު ހެދުމުގެ މަޝްރޫޢު
ރ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ މިހާރުވަނީ ނިމިފައި ކަމަށާއި، އަދި ސަބްބޭސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތުގެ 77 އިންސައްތަ ވެސް ނިމިފައިވާ ކަމަށެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން 16488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި އޭބީސީ ފަށަލަ އެޅުމާއި ސަބްގްރޭޑް މަސައްކަތް ކުރުމާއިއެކު ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ފަށާފައިވާ މި މަޝްރޫއުއަކީ 28.66 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން