އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރާއްޖޭގެ 16 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ނިންމައިފިއެވެ.

މިއަދު ގަލޮޅު ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިކަން އިޢުލާނު ކުރެއްވީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމުން 16 ރަށެއްގައި ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށާއި، މި ދަނޑުތަކަކީ ފީފާ އެޕްރޫވްޑް މިންގަނޑަށް ތަރައްގީކުރާ ދަނޑުތަކެއް ކަމަށެވެ.

އެގޮތުން މި ދަނޑުތައް ވަށައިގެން ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރުމާއި، ދަނޑުގައި އިލެކްޓްރޯނިކް ސްކޯ ބޯޑެއް ހަރުކުރެވިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ، މި ދަނޑުތަކަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކާ އެއްގޮތަށް ރާއްޖޭގެ 100 ރަށެއްގައި ޓާފް ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާތީ، އެކަމަށް އެހީތެރިވުމުގެ ގޮތުން އަޅައިދޭން ނިންމި ދަނޑުތަކެއް ކަމަށެވެ.

އެފްއޭއެމް އިން ޓާފް ދަނޑުއަޅައިދޭން ނިންމާފައިވާ ރަށްތަކަކީ، ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ބ. ކަމަދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން