ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސެއްގެ ގޮތުން ލިބޭ މާލީ އިނާއަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނުނަންގަވާ ކަމަށް ފިނޭންސް މިނިސްޓްރީން ޢާއްމު ކުރި މަޢުލޫމާތުތަކުން ހާމަވެއްޖެއެވެ.

ކުރީގެ ރައީސުންނަށް ލިބޭ މާލީ އިނާޔަތާއި އެހެނިހެން އެލަވަންސް ތަކުގެ މަޢުލޫމާތު ޢާއްމު ކޮށްފައި ވާއިރު، ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނުވަނީ ކުރީގެ ރައީސުންނަށްދޭ މާލީ އިނާޔަތާއި، ލިވިން އެލަވަންސް ނެންގެވުން ހުއްޓަވާލައްވާފައެވެ. އެމަނިކުފާނު މިހާރު ނަންގަވަނީ އޮފީސް ހިންގުމަށް ލިބޭ 175،000 ރުފިޔާއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައިގެ ގޮތުގައި 73125 ރުފިޔާ ކޮންމެ މަހަކު އެމަނިކުފާނަށް ލިބިވަޑައިގަންނަވައެވެ.

ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތުގެ އެންމެ ބޮޑު ޢަދަދެއް ލިބިވަޑައިގަންނަވާ ރައީސް މައުމޫނަށް ތިންލައްކަ ރުފިޔާ މަހަކު ލިބިވަޑައިގަންނަވައެވެ. އަދި ރައީސް ވަޙީދު ނަންގަވަނީ 225000 ރުފިޔާއެވެ. މީގެ އިތުރުން ސިއްޙީ ޚިދުމަތް ހޯއްދެވުމަށްފަހު ބިލް ހުށައެޅުއްވުމުން އެ ފައިސާވެސް ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން