ކޮންމެ ސަރުކާރެއްގައިވެސް އިސް މަޤާމުތައް ލިބެނީ އެއްބަޔަކަށް ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ނުރުހުން ފާޅުކުރަށްވައިފިއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް ބަދަލުތަކެއް ގެނައުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގެންދަވަނީ ކޯލިޝަން ޕާޓްނަރުންނާއި މަޝްވަރާ ކުރަށްވަމުންނެވެ. މަޝްވަރާތައް ކުރިއަށްދާ މި ދަނޑިވަޅުގައި ސަޢުދު ވިދާޅުވެފައިވަނީ ކޮންމެ ސަރުކާރަކުންވެސް އިސް މަޤާމުތައް ލިބެނީ ހަމަ އެއް ބަޔަކަށް ކަމަށާއި، މަޤާމު ދޭން ވުމުން ކެމްޕޭންތަކުގައި ބޭނުންހިފާ ޤާބިލް މީހުން ނުފެންނަ ކަމަށެވެ.
ސައުދު ވިދާޅުވީ ގިނަ ބަޔަކަށް ފުރުސަތު ދީގެން ނޫނީ އެންމެ ޤާބިލު މީހުން ނޭންގޭނެ ކަމަށާއި، ސަރުކާރުތަކުން ކޮރަޕްޝަންވެސް ހުއްޓުވޭނީ މަޤާމުތަކަށް އެންމެ ޤާބިލު މީހުން ލެވިގެން ކަމަށެވެ.
"އިންތިޚާބުތަކުގައި ފުރުސަތު އޮތްކަމަށް ބުނެ ބޭނުން ހިފާ ޤާބިލު މީހުންތައް ކޮބާ؟" ސަޢުދު ސުވާލު އުފައްދަވާފައިވެއެވެ.
މީގެ ކުރިން ކައުންސިލަރުންނަށް ބޮޑު މުސާރައެއް ދިނުމަށް ނިންމުމުން އެކަމަށްވެސް ސަޢުދު ވަނީ ފާޑު ވިދާޅުވެފައެވެ. ކައުންސިލަރުންގެ ބޮޑު މުސާރައާއި މެދު ކަންބޮޑުވުން ފާޅުކުރަށްވައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވީ، ޢުމުރު ހުސްވަންދެން ބޮޑު ޚަރަދުކޮށް ކިޔަވައިގެން ހޯދާ މާސްޓަރސް ޑިގްރީ އާއި، 10 އަހަރުގެ ތަޖުރިބާއާއެކު ވަޒީފާ އަދާކުރާ ސަރުކާރުގެ ޑިރެކްޓަރެއްގެ މުސާރަ 15 ހާސް ހަމަނުވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަަމަށް ސަޢުދު ވިދާޅުވެފައި ވެއެވެ.

konme Sarukaarakunves ismagaamu thah libeny hama eh bayakah..Inthihaabuga furushathu oiy kamah bune beynun hifa gaabilu meehun thah kobaa ??mikan badhaluvegen noonee enme gaabilu meehuneh neygeyne..adhi corruption ves huhtuveynee qaabilu meehun thanthanah levigen ehen noontho..?
— Ahmed Saud (@ammadaysaud) May 2, 2021
މީގެ ކުރިން ކައުންސިލަރުންނަށް ބޮޑު މުސާރައެއް ދިނުމަށް ނިންމުމުން އެކަމަށްވެސް ސަޢުދު ވަނީ ފާޑު ވިދާޅުވެފައެވެ. ކައުންސިލަރުންގެ ބޮޑު މުސާރައާއި މެދު ކަންބޮޑުވުން ފާޅުކުރަށްވައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަޙްމަދު ސަޢުދު ވިދާޅުވީ، ޢުމުރު ހުސްވަންދެން ބޮޑު ޚަރަދުކޮށް ކިޔަވައިގެން ހޯދާ މާސްޓަރސް ޑިގްރީ އާއި، 10 އަހަރުގެ ތަޖުރިބާއާއެކު ވަޒީފާ އަދާކުރާ ސަރުކާރުގެ ޑިރެކްޓަރެއްގެ މުސާރަ 15 ހާސް ހަމަނުވާ ކަމަށެވެ. އަދި މިއީ ސަރުކާރުން ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަަމަށް ސަޢުދު ވިދާޅުވެފައި ވެއެވެ.

PAR
SWE
CIV
ކިޔުންތެރިންގެ ހިޔާލު