އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް
އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފް
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ 6 ދާއިރާއެއްގެ ވޯޓު އަލުން ގުނުމަށް އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބާއި ގުޅޭ ގިނަ ޝަކުވާތަކެއް މާލެއާއި، އަތޮޅުތެރޭގެ ރަށްރަށުން ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ކެންޑިޑޭޓުން ޕާޓީގެ ސެކްރެޓޭރިއަޓަށް ހުށައަޅާފައިވާކަމަށެވެ.

އެ ޝަކުވާތަކަށް ބެލުމަށްފަހު މިހާތަނަށް މާލޭގެ 6 ދާއިރާއެއްގެ ޝަކުވާ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން އީސީއަށް ޝަކުވާ ހުށައަޅާފައިވާނީ މެދެ ހެންވޭރު ދާއިރާއާއި، ހެންވޭރު ދެކުނު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާއާއި، މައްޗަންގޯޅި އުތުރު ދާއިރާއާއި، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާ ގެ ވޯޓު ފޮށިތައް އަލުން ގުނުމަށް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.

މިދާއިރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް އެންމެ މަތީގައި އޮތް ކެނޑިޑޭޓާއި ދެވަނައަށް އޮތް އެމްޑީޕީގެ ކެނޑިޑޭޓާއި އޮތް ފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައެއް އިތުރު ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން އަލުން ވޯޓު ގުނައިފިނަމަ ނަތީޖާ އިތުރަށް ކަށަވަރުވާނޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް ވަނީ މާލޭ ސިޓީގެ ގިނަ ގޮނޑިތަކެއް ގެއްލިފައެވެ. އަދި މާލޭގެ މޭޔަރުގެ ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން