މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޢިއްޒު
މާލޭގެ މޭޔަރު ކަމަށް އިންތިޚާބުވި ޑރ. މުޢިއްޒު
ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ޑރ. މުޢިއްޒަށް މަރުޙަބާ ކިޔައިފިއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ޑރ. މުޢިއްޒު ކާމިޔާބު ހޯއްދެވީ އޭނާއާއި ވާދަ ކުރެއްވި ކެނޑިޑޭޓުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދަވައިގެންނެވެ.

ޗައިނާ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ ހިންގުމާއި ހަވާލުވެ ހުންނެވި ޔޫ ޒުއެންގް މުއިއްޒަށް ފޯނުން ގުޅުއްވާ މުއިއްޒު ހޯއްދެވި ކާމިޔާބަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ފޯން ކޯލްގައި ޗައިނާއާއި މާލޭ ސިޓީ ކައުންސިލާއި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްފައިވާ ކަމަށް ޗައިނާ އެމްބަސީން ވަނީ ބުނެފައެވެ.



ޑރ. މުޢިއްޒު ވަނީ އިންތިޚާބުގައި ވޯޓްލީ މީހުންގެ 62 އިންސައްތަ ވޯޓް ހޯއްދަވައިފައެވެ. އެ މަނިކުފާނަށް 12447 ވޯޓް ލިބިވަޑައިގެންނެވިއިރު އެމްޑީޕީން ވާދަކުރެއްވި އަނަސްއަށް ލިބިވަޑައިގަތީ 7413 ވޯޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން