އެމްޑީޕީ ސެކްރެޓޭރިއެޓްގެ ބިއްލޫރިގަނޑު ތަޅާލާފައި
އެމްޑީޕީ ސެކްރެޓޭރިއެޓްގެ ބިއްލޫރިގަނޑު ތަޅާލާފައި
އެމްޑީޕީ ސެކްރެޓޭރިއަޓްގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.

އެމްޑީޕީ ސެކްރެޓޭރިއަޓްގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނީ، މިއަދު އިލެކްޝަންސް ކޮމިޝަން ހިމެނޭ ސަރަޙައްދުގައި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ. އެމްޑީޕީ ސެކްރެޓޭރިއަޓް ހިންގާ އޮފީހުގެ ބިއްލޫރިގަނޑު ޕޭމަންޓް ގަލަކުން ޖަހާ ތަޅާލާފައިވާ މައްސަލައިގައި ފުލުހުން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ. އެ އޮފީސް ހުންނަނީ މާލޭ ސޯސަންމަގުގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިއަދު އެކޮމިޝަންގެ އިންތިޚާބީ މައި މަރުކަޒު ކައިރިއަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ކަމަށާއި، ނަމަވެސް އެއްވެފައިވާ ފަރާތްތަކުން ތުހުމަތުކުރާފަދަ އެއްވެސް އަމަލެއް ހިންގުމަށް އެ ކޮމިޝަނުން މިއަދު މަސައްކަތް ކޮށްފައި ނުވާކަމަށެވެ.

އިންތިހާބާބެހޭ މައިމަރުކަޒު ހުންނަ ބާ ޖަމާލުއްދީން އިމާރާތުގައި ބޮޑެތި ހަމަނުޖެހުންތަކެއް މިއަދު ހިނގިއިރު، އެ ސަރަޙައްދުގައި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ތިއްބެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން