ފިތުރު ޒަކާތް ބަލައިގަތުން (ފޮޓޯ: ސޯޝަލް މީޑިއާ)
ފިތުރު ޒަކާތް ބަލައިގަތުން (ފޮޓޯ: ސޯޝަލް މީޑިއާ)
މިއަހަރުގެ ފިތުރު ޒަކާތް މިއަދުން ފެށިގެން ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގެންނަމުންދާނެ ކަމަށެވެ. އަތޮޅު ތެރޭގައި ފިތުރު ޒަކާތް ދައްކަން ޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.

މިއަހަރު މާލެ ފިޔަވާ އެހެން ސިޓީތަކުގައި ސިޓީ ކައުންސިލުން ފިތުރު ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް މާލޭގައި ޒަކާތް ބަލައިގެންނަމުންދާނީ އޮންލައިންކޮށެވެ. އެގޮތުން އޮންލައިންކޮށް ޒަކާތް ދެއްކެވުމަށް ދިރާގު ކަސްޓަމަރުން ދިރާގު ވެބްސައިޓާއި، ދިރާގު ޕޭ އަދި އެސްއެމްއެސް ބޭނުން ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިލަށްވާފައެވެ. އަދި އުރީދޫ ކަސްޓަމަރުން އެމްފައިސާ އާއި އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



މީގެ އިތުރުން ބީއެމްއެލް ވެބްސައިޓު މެދުވެރިކޮށްގެންނާއި، އެމްއައިބީ ފައިސާ ނެޓް އަދި މާލެ އާއި ހުޅުމާލޭ ބްރާންޗު ކައުންޓަރުނާއި، ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

މިއަހަރު ފިތުރު ޒަކާތް ބަލައިގަންނަމުން ދަނީ އެ ރަށެއްގައި ބަނޑު ކެއުމެއްގެ ގޮތުގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމަށް ވާ އަގެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން