މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
އެމްބީސީގެ މެމްބަރުކަމަށް ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ޢާއްމުކޮށްފައިވާ އިޢުލާނެއްގައިވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު ގައިވާ ގޮތުގެމަތިން ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، 31 މާރިޗު 2021 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 25 ވަނަ ޖަލްސާގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ ރ ދަށުން މަޖިލީހުން ވަނީ އިޢުލާނު ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރެއިން ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ، އަލްއުސްތާޛާ ފާޠިމަތު ސައުސަން އާއި، ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި އަލްފާޟިލާ ޝިފްލާ އިބްރާހީމްގެ އިތުރުން ޑޮކްޓަރ މުޙައްމަދު އިބްރާހީމްގެ ނަންފުޅަށެވެ.

މަޖިލީހުގެ އިޢުލާނުގައި ވަނީ، އެފަރާތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، 18 އެޕްރީލު 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން