އިންޑިއާގައި ކޮވިޑް ކޭސްތައް ގިނަވެ ބޮޑު ސަރަހައްދެއް ލޮކްޑައުންކޮށްފިއެވެ.


މިގޮތުން އިންޑިޔާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ މުމްބާއީ ހިމެނޭ ސަރަހައްދު، މަހާރަޝްތުރާ ސްޓޭޓްގެ ބޮޑުސަރަހައްދެއްގައި ކާފިއު އާއިއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވެއެވެ. މީގެއިތުރުން، މިއަދުން ފެށިގެން ހަފްތާ ބަންދު ދުވަސްތަކުގައި އެސަރަހައްދުތައް ލޮކްޑައުން ކުރާނެކަމަށްވެސް އެގައުމުގެ އާގަވާއިދުތައް ބުނެއެވެ.

އިންޑިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުން ގިނަވެފައިވާއިރު، މިދިޔަ އާދީއްތަ ދުވަހު، 93،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެ މިއަހަރު ދުވާލެއްގެ މައްޗަށް އެންމެ ގިނަމީހުން ޕޮޒިޓިވްވި ދުވަހުގެ ގޮތުގައި ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މަހާރަޝްތުރާ ސްޓޭޓުންނެވެ.

މިހާތަނަށް އިންޑިޔާގެ 12.5 މިލިއަނަށްވުރެ ގިނަމީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 165،000 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު