އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް
ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ ތިން ސަރަޙައްދެއްގައި ޓެންޓް ޖަހައިގެން ވޯޓު ލުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އީސީ ޝަރީފް ވިދާޅުވީ، މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ޖުމްލަ 40 ވޯޓުލާ މަރުކަޒު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން މިފްކޯ ކުރިމަތީގައި އޮންނަ ޔޫތު މިނިސްޓްރީގެ ހުސް ބިމުގައި 30 މަރުކަޒު ޤާއިމް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ގޯތި ތެރޭގައި 5 މަރުކަޒާއި ކާނިވާ ސްޓޭޖް ކުރިމަތީގައި 5 މަރުކަޒް ޤާއިމް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ޝަރީފް ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލު އިންތިޚާބުގައި މާލެ ސަރަހައްދުގައި ވޯޓުލުމަށް 600 މަރުކަޒު ޤާއިމުކުރާނެ ކަމަށެވެ.



މިމަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފެށޭ ހަފުތާގައި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވުމަށް މަސައްކަތް ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަ ކުރާއިރު މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން