ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ސަރުކާރު އޮތީ ފުލްސްޓޮޕެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ދުރުކޮށްފައިވާ ކުރީގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް އިސްބޭފުޅުން ލަވަޖައްސަވައިގެން ނަށްޓަވާ މަންޒަރު ފެންނަ ވީޑިއޯ އަކާއެކު މަލީޙް ކުރަށްވާފައިވާ ޓްވީޓްގައި ވަނީ، ސަރުކާރު ފުލްސްޓޮޕެއްގައި ވަނިކޮށް އެމްޑީޕީގެ އިސްބޭފުޅުން ނަށްޓަވަމުން ގެންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މަލީޙް ވިދާޅުވީ، ނަށަންވާނީ ނަށާވަރު ވީމާ ކަމަށެވެ.

ނަމަވެސް ސަރުކާރު މިވަގުތު އޮތީ، ދަރަނި ނަގާނަގާ އެ ދަރަނީގެ ކޮޅު ނުފެންނަ ހިސާބުގައި ކަމަށާއި، މިއަދާ ހަމައަށް ޤައުމަށް ބޮޑު އިންވެސްޓްމަންޓެއްވެސް ގެނެވިފައި ނުވާކަމަށް މަލީޙް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އިސްބޭފުޅުން ނަށްޓަވާއިރު، މަޖިލީހުގައި ކުޅެނީ ޑްރާމާ ކަމަށާއި، ދަޢުވާތައް އުފުލަމުން ގެންދަނީ ބޭއިންސާފުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަލީޙް ވިދާޅުވީ، ރައްޔިތުން ހަނާވެއްޖެ ކަމަށާއި، ވައްކަމެއްގެ ދަޢުވާ ކުރަންވުމުން އުންސުރުތައް ހަމަ ނުވާ ކަމަށެވެ. އަދި މަލީޙް ވަނީ ވީޑިއޯ އިން ފެންނަ ފަރާތްތައް ޓެސްޓް ކުރުމަށް ސީޕީއަށް ގޮވާލައްވާފައެވެ.

"ނަށަންވާނީ ނަށާވަރުގެ ކަމެއް ވީމަތާ. ސީޕީ ހިތްވަރު ހުރިއްޔާ މިވެރިން ޓެސްޓް ކޮށްބަލަ." މަލީޙް ވިދާޅުވެފައިވެއެވެ.



ކޯވިޑާއި ގުޅިގެން ރައްޔިތުން ހާލުގައި ތިއްބާ އެމްޑީޕީގެ އިސްބޭފުޅުން "ޕާޓީ" ކުރަށްވާ މަންޒަރު ފެނުމުން މީގެކުރިންވެސް ރައްޔިތުންގެ ފާޑުކިޔުން އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ. މިގޮތުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲއާއި ސީޕީ ހަމީދުގެ މިފަދަ ވީޑިއޯއަކަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އޮތީ އަމާޒުވެފައެވެ.

މަލީހު މަގާމުން ދުރުކުރީވެސް އެމްޑީޕީގެ ސިޔާސަތުތަކާއި ފިކުރާއި ދެކޮޅަށް ބަސްވިދާޅުވެ ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. އިތުބާރުނެތް ކަމުގެ ވޯޓުނަގާ މަގާމުން ދުރުކުރި ފަހުން ހުއްޓުމެއްނެތި އޭނާ ގެންދަވަނީ ސަރުކާރަށާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން