ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ފެންވެރުވި ފެނާއެކު ދަރިފުޅު އެއްލާނުލުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިލްތިމާސް ކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިވިދާޅުވާ ބަސްފުޅުގެ ހަގީގީ މާނަ ނުވަތަ ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް މާ ބޮޑަށް ސާފު ނުވި ނަމަވެސް އެމަނިކުފާނު މިބީދައިން ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައިވަނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާ ގުޅޭގޮތުން މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ، މާލޭ ސިޓީގެ މޭޔަރުގެ މަޤާމަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަށްވާ ޑރ. މުޢިއްޒުގެ ކެމްޕޭން ބެނަރ އެއްގެ ފޮޓޯއެއްވެސް ހިމަނުއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިމަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވޯޓުދެއްވާއިރު، ވިސްނުންތެރިކަމާއެކު އެންމެންގެ ވޯޓު އެމްޑީޕީއަށް ދެއްވުމަށް އިލްތިމާސް ކުރަށްވާފައެވެ.

"ދަރިފުޅު ފެންވެރުވި ފެނާއެކު ދަރިފުޅު އެއްލާނުލައްވާތި." އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިލްތިމާސްކޮށްފައިވެއެވެ.



ރައީސް ނަޝީދު ޙިއްސާކުރެއްވި ބެނާގައި ވަނީ "ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ކުރެވިފައިވާ ހިތްފަސޭހަ އަމާން މަގުތައް،" މިގޮތަށް ލިޔެފައެވެ. އަދި ޕީޕީއެމްގެ މޭޔަރ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުކަމުގެ ދުވަސްވަރު މާލޭގައި އިމާރާތް ކުރުން ގިނަވެ ޑީވޯޓާ ކުރުމަށް އެޅުނު ވަގުތީ ހޮޅިތައް ފެންނަ ފޮޓޯއެއްވެސް ޙިއްސާ ކުރަށްވާފައިވެއެވެ. މީގެ ކުރިން ރައީސް ނަޝީދު، ޑރ. މުޢިއްޒާ މުހާތަބު ކުރަށްވާފައި ވަނީ "ހޮޅި މުޢިއްޒު" ގެ ގޮތުގައެވެ.

ކޯވިޑް-19 ގެ ސަބަބުން އަހަރެއްހާ ދުވަހަށް ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މިފަހަރު އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި ކެމްޕޭނެއް ކުރަމުންދަނީ މާލޭގެ މޭޔަރ ކަމުގެ ގޮނޑިއަށެވެ. ޕީޕީއެމްގެ ފަރާތުން ޑރ. މުޢިއްޒު އެގޮނޑިއަށް ވާދަކުރަށްވާއިރު، އެމްޑީޕީގެ ފަރާތުން އެގޮނޑިއަށް ވާދަ ކުރަށްވަނީ އަނަސް އަބްދުއްސައްތާރެވެ. އަދި އަމިއްލަ ގޮތުން އަލްހާން ފަހުމީވެސް މޭޔަރު ކަމުގެ ގޮނޑިއަށް ވާދަކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން