ކޮވިޑުން ރައްކާތެރިވުމަށް ފައިޒަރ ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނަކީ ކުޑަކުދިންނަށްވެސް ރައްކާތެރި ވެކްސިނެއްކަމަށް ހާމަކޮށްފިއެވެ.

ފައިޒަރ ކުންފުނީގެ އެންމެފަހުގެ ދިރާސާ ނަތީޖާ އިން ދައްކާގޮތުގައި މިވެކްސިނަކީ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ރައްކާތެރި ވެކްސިނެކެވެ. މިދިރާސާގައި 2،260 ކުޑަކުދި ންބައިވެރިވެފައި ވާކަމަށް ވެއެވެ.

މިދިރާސާއިން ދައްކާގޮތުގައި ވެކްސިނުގެ ދެވަނަ ޑޯޒު ޖަހާތާ މަސްދުވަސްތެރޭގައި ކުޑަކުދިންގެ ހަށިގަނޑުގައި އެންޓިބޮޑީ ހަރަކާތްކުރަން ފަށަައެވެ. އަދި މިވެކްސިނުގެ ފަރާތުން ފެންނާނެ ސައިޑް އެފެކްޓްތައް ބޮޑެތި މީހުންނެކޭ، ކުޑަކުދިންނެކޭ ތަފާތެއް ނުވާނެކަމަށްވެސް ފަހުގެ ދިރާސާއިން ދައްކައިފައިވެއެވެ.



ފައިޒަރގެ ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދިނުމަށް އެމެރިކާގައި ހުއްްދަދެވިފައިވާ ވެކްސިނެކެވެ. އަދި މިފަހުގެ ދިރާސަަ ނަތީޖާއަށްފަހު، އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށް މިވެކްސިން ދިނުމަށް ހުއްދައަށް އެދުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، ފައިޒަރގެ ކޮވިޑް ވެކްސިނުން ސައްތަ އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށް ފަހުގެ ދިރާސާއިން ދައްކައިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން