ލީބިޔާގެ ކުރީގެ ލީޑަރު މުޢައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ، ލީބިޔާގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޒިންތާންގައި އަވަހާރަކޮށްލައިފި ކަމަށް އޭނާގެ ވަކީލު ޚާލިދު އަލް-ޒައިދީ އާއި މުޝީރު ޢަބްދުﷲ އުޘްމާން އަންގާރަ ދުވަހުގެ ރޭ ކަށަވަރުކޮށްދީފިއެވެ.
ލީބިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ސައިފުލް އިސްލާމް ދިރިއުޅުއްވާ ގޭގައި އުޅުއްވަނިކޮށް އެގެއަށް ބަޔަކު ވަދެ އޭނާ އަށް ހަމަލާދީގެންނެވެ. މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުން އެގެއަށްވަދެ ސައިފުލް އަށް ހަމަލާދިނުމުގެ ކުރިން، އެންމެ ފުރަތަމަވެސް ވަނީ އެތަނުގައި ހުރި ސަވައިލަންސް ކެމެރާތައް ނުވަތަ ސީސީޓީވީތައް ކަނޑާލާފައެވެ.
ޚަބަރުތައް ބުނާގޮތުގައި މި ހާދިސާ ހިނގި ވަގުތު ސައިފުލް އިސްލާމް އެ މީހުންނާ ކުރިމަތިލެއްވިއެވެ. ނަމަވެސް ހަމަލާދިން މީހުން އޭނާގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލުމަށްފަހު އެ ތަނުން ވަނީ ފިލާފައެވެ.
ސައިފުލް އިސްލާމަކީ އެއްދުވަސްވަރެއްގައި ގައްޒާފީގެ ވެރިކަމުގެ ވަލީއަހުދު ކަމަށް ބެލެވުނު، އަދި ފަހުގެ ތާރީޚެއްގައި ލީބިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު