ޖަޕާނުގެ އެއަރޕޯޓް ރަންވޭގައި ކެއުމެއްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވާލައިފައިވަނީ މިދިޔަ ބުދަދުވަހު ޖަޕާނުގެ އެންމެ ބޮޑު އެއަރލައިން އޯލް ނިޕޮން އެއަރލައިންސުންނެވެ. މި ފުރުސަތުގެ ދަށުން، ޖަޕާނުގެ އެއަރޕޯޓްގެ ރަންވޭގައި ޕާކް ކޮށްފައި އޮތް، މި އެއަރލައިންސްގެ ފްލައިޓެއްގެ ފަސްޓް ކްލާސް ގައި ކެއުމެއް ކާލެވޭނެއެވެ.

540 ޑޮލަރުގެ މިކެއުމުގައި ބައިވެރިވުމަށް އެދި ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ކެއުން ބުކް ކޮށްފައިވާއިރު މުޅި އޭޕްރިލް މަސް އެއްކޮށް ބުކް ކޮށްފައިވާކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

ޖަޕާނުގެ އޯލް ނިޕޮން އެއަރލައިންސުން މިފަދަ ކަމެއް ރާވާފައިވާއިރު، ދުނިޔޭގެ އެހެން ގިނަ އެއަރލައިން ތަކުންވެސް، މިފަދައިން ކަންކޮށްފައިވެއެވެ. މިގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ސިންގަޕޫރު އެއަރލައިންސުން ވެސް ފްލައިޓުގައި ރޮމޭންޓިކް ޑިނަރ އެއް ނެގުމުގެ ފުރުސަތު ހުޅުވާލިއެވެ.

މިފަދަ ކަންކަމަކީ ކޮވިޑްގެ ބަލިމަޑު ކަމާއިއެކު، ދުނިޔޭގެ އުދުހުންތަކަށް ކުރިމަތިވި ހުރަސްތަކުން އަރައިގަތުމަށް ކުރެވޭ އެކި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން