ޕާކިސްތާނުގެ މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ޢަބްދުލް ޙަފީޒު ޝައިޚު އެމަގާމުން ދުރުކޮށް، އެމަގާމަށް އައު ބޭފުޅަކު އައްޔަންކޮށްފިއެވެ.

ޕާކިސްތާނުގެ މާލީ ވަޒީރުގެ މަގާމުގައި ހުންނެވި ޢަބްދުލް ޙަފީޒު ޝައިޚު އެމަގާމުން ވަކިކުރި ސީދާ ސަބަބެއް ބޮޑު ވަޒީރު އިމްރާން ހާން ވިދާޅެއްނުވެއެވެ. ނަމަވެސް އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އެ ޤައުމުގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އައިއެމްއެފުން ކުރިއަށް ގެންދާ 6 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް އަހަރެއް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އަލުން އެމަޝްރޫޢު ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ޕާކިސްތާނު ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވީ މާލީ ވަޒީރުގެ މަޤާމުގައި ހުންނެވި ޢަބްދުލް ޙަފީޒު ޝައިޚު މަޤާމުން ވަކިކުރީ ތަކެތީގެ އަގު އުފުލުން ހުއްޓުމަކަށް ގެނެސްދޭނެފަދަ އައު ސިޔާސަތުތަކެއް އެކުލަވާލުމަށް މަގުފަހިކުރުމަށްކަމަށެވެ. މިއީ ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމާ އިމްރާން ޚާން ޙަވާލުވެވަޑައިގެންނެވި ފަހުން މަޤާމުން ވަކިކުރި ދެވަނަ މާލީ ވަޒީރެވެ.

ޕާކިސްތާނުގެ އައު ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރައްވާފައިވަނީ ސިނާޢަތްތަކާއި އުފެއްދުންތެރިކަމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޙަންމާދު އަޒްހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން