ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން
ރާއްޖޭގައި އިދިކޮޅު ޕާޓީއެއް ނެތްކަމަށް ވިދާޅުވި ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ތާޢީދު ކުރަށްވަނީ އިދިކޮޅު ޕާޓީގެ ކެނޑިޑޭޓް ޑރ. މުޢިއްޒަށް ކަމަށް ހާމަ ކުރަށްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރަށްވާ ކެނޑިޑޭޓުންގެ ތެރެއިން ދުންޔާ ތާޢީދު ކުރަށްވަނީ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޢިއްޒު އަށް ކަމަށް ދުންޔާ ވަނީ މިރޭ ވިދާޅުވެފައެވެ. ދުންޔާ ވިދާޅުވީ، މާލޭގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއިއްޒަކީ، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހާން ކެނޑިޑޭޓް ކަމަށެވެ.

އަދި ޑރ. މުޢިއްޒު ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތް ކަމަށާއި، ޑރ. މުޢިއްޒުއަކީ ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެއް ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާގެ ތާޢީދު ރާއްޖޭގައި މިވަގުތުއޮތް ހަމައެކަނި އިދިކޮޅު ޕާޓީ ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުޢިއްޒުއަށް ދެއްވާފައިވާއިރު ދިވެހި ނޭޝަނަލް އެކްޝަން، ޑީއެންއޭ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ދުންޔާ ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރެވޭވަރުގެ އިދިކޮޅު ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ޕާޓީތަކުގެ ސަރުކާރުތަކަށް ދިވެހި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައި ނުދެވޭކަމަށް ދުންޔާ ވިދާޅުވިއެވެ.



ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުޢިއްޒު އާއި، އެމްޑީޕީގެ ކެނޑިޑޭޓު އަލްއުސްތާޛު އަނަސް އަބްދުއްސައްތާރާއި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަ ކުރަށްވާ އަލްހާން ފަހުމީ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން