ޝައިޚް ޙުސައިން ރަޝީދު އަޙްމަދު
ޝައިޚް ޙުސައިން ރަޝީދު އަޙްމަދު
އިދިކޮޅު ކޯލިޝަނުގައި އޮތީ ދެފެކްޝަނެއް ކަމަށާއި، އެއީ ދީނީ ފެކްޝަނަކާއި އަވަގުރާނަ ފެކްޝަނެއް ކަމަށް ޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ މާބޮޑު ބާރެއް ނެތްކަމަށް އެމްޑީޕީން ދަނީ ބުނަމުން ކަމަށާއި، އެހެނަސް އިދިކޮޅު ކޯލިޝަންގެ ދެފެކްޝަނުންވެސް ސަރުކާރާ އިދިކޮޅަށް ދެރާސްތާއިން މަސައްކަތް ކުރަމުން ދާކަމަށެވެ. އެގޮތުން އަވަގުރާނަ ފެކްޝަނުން މަގުމަތީގައި ކޮންމެވެސް ވަރަކަށް ޙަރަކާތް ހިންގާ ކަމަށާއި، އެބައިމީހުންގެ ބޭނުމަކީ ފުލުހުން ރުޅިގަދަ ކޮށްގެން ކުރީގައި ހިންގި ކަހަލަ ބަޣާވަތުގެ ހަރަކާތެއް ހިންގޭތޯ ބެލުން ކަމަށް ޙުސައިން ވިދާޅުވިއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ދީނީ ފެކްޝަނުން އަބަދުހެން ދަނީ އެމްޑީޕީއާ އެކި ގޮތްގޮތުން ދިމާކުރަމުން މީސްމީޑިޔާ ހަލަބޮލިކުރެވޭތޯ މަސައްކަތް ކުރަމުން ކަމަށެވެ.

"މިބައިމީހުން މިހާރު އެންމެ ބޮޑަށް ނަގައިކިޔަނީ ނަމާދުގައި ދެފައި ޖެއްސުމުގެ ވާހަކައެވެ. ސުއްނަތާ ޚިލާފުވުމަކީ އުރެދުމެކޭ ކިޔައިގެން އަމިއްލައަށް އުރެދޭ އިރުގައިވެސް ރޭކާ ނުަލައެވެ. ހަމައެކަނި ރައްޔިތުން އޮޅުވާލުމުގެ ބޭނުމުގައެވެ." ޑރ. އިޔާޒާއި ޝައިޚް ޒައިދު ފަދަ ބޭފުޅުންނަކީ ސަރުކާރާ ދެކޮޅު ދީނީ ފެކްޝަންގެ ގޮތުގައި ސިފަކުރައްވަމުން ޝައިޚް ޙުސައިން ވިދާޅުވެފައިވެއެވެ.

ޝައިޚް ޙުސައިން ރަޝީދު ވިދާޅުވީ، މި ދީނީ ފެކްޝަނުގައި އުޅެނީ ޢަދާލަތު ޕާޓީގައި އުޅެމުންދާ ސަލަފީ ހަރުކަށި ފިކުރުގެ ޝައިޚުންނާއި، ޕީޕީއެމްއާއެކު ކުރީިއްސުރެން އެމްއޯޔޫއެއްގައި ސޮއިކޮށްގެންތިބި ސަލަފު ޖަމާޢަތުގެ މީހުން ކަމަށެވެ. އަދި މިދެބައިމީހުންގެ ޙަރަކާތްވެސް ރާއްޖޭގެ ޔުނިވަރސިޓީ، ކޮލެޖްތަކާއި ސްކޫލުތަކުގައި ހިންގާ ކަމަށާއި، ބޮޑެެތި ޤުރުއާން ކިލާސްތައް ހިންގައިގެން އެތަންތާގައިވެސް ކުރަނީ މިމަސައްކަތް ކަމަށް ޙުސައިން ވިދާޅުވިއެވެ.

ދީނީ ފެކްޝަނުން މިހާރު ރާވަމުންދަނީ ކުރީގައި މިބައިމީހުން ހިންގި ކަހަލަ ބަޣާވަތެއް ކުރެވޭތޯ ކަމަށާއި ނަމަވެސް ސަރުކާރު ހަރުދަނާވުމާއި ސިފައިންނާއި ފުލުހުން އިހުނަށްވުރެން ބޮޑަށް ހޭލުންތެރިވެ، ވަރަށް ގިނަ ރައްޔިތުންނަށް އެ މީހުންގެ ގޮތް ރަނގަޅަށް އެނގޭތީ އެކަން އަދި ކާމިޔާބު ވެފައި ނުވާކަމަށް ޙުސައިން ވިދާޅުވިއެވެ.

"މިބައިމީހުން އަބަދުވެސް ގެންގުޅޭ މޮޓޯއަކީ ދީނަށްޓަކައި ޤައުމަށްޓަކައެވެ. އެހެނަސް މިމީހުންގެ ދީނަކީ ކޮބައިބާއޭ އަޅުގަނޑުގެ ހިތަށް އަރައެވެ. މިފަދަ ހަރުކަށި މީހުން ދީންވެރިކަން ދައްކާލައިގެން ފަހުޒަމާނުގައި އަންނާނެ ވާހަކައާއި އެއުރެންގެ ކިބައިން ރައްކައުތެރިވެ ތިބުމަށް ލޮބުވެތި ރަސޫަލާ އޮތީ މާކުރީއްސުރެން ޚަބަރު ދެއްވައި އިލްތިމާސް ކުރަށްވާފައެވެ." ޝައިޚް ޙުސައިން ވިދާޅުވިއެވެ.

ޝައިޚް ޙުސައިން ވިދާޅުވީ ސަރުކާރު ވަރަށް ބޮޑަށް ހަރުދަނާވާން ޖެހޭ ކަމަށާއި، ރައްޔިތުންގެ ޚިދުމަތުގައި ބާރަށް ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި ޤާނޫނަކީ ދިރި އޮތް އެއްޗެއްކަން އިދިކޮޅު ކޯލިޝަނަށް އިޙްސާސް ނުވާހައި ހިނދަކު އަންނަ ކޮންމެ ސަރުކާރެއްގެ ރިއްސާ ދަތަކަށް ހަރުކަށި ދީނީ މީހުން ވާނެކަމީ ތާރީޚުން ފެންނާން އޮތް ޙަޤީޤަތެއް ކަމަށް ޙުސައިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


11

ރާކަނި

13-Mar-2021

މީ ބޮޑު ވަފާއެއް މީނާ އަކީ ނުދަލާއި މަތީމަގާމަށްޓަކައި ދީން ވިއްކާލައިގެން ޝެއިޚް ކިޔައިގެން އުޅޭމީހެއް. ނީމަ ތަރުޖަމާއެއް ކުރިއަސް ނެރެވޭނީ ލާދީނީ އައްޕަ ލައްވާ


7

ޅޯލް

17-Aug-2021

ޢެއްވެސް މީހަކު އަނެކާއާއި ދިމާލަށް މަލާމާތުގެ ބަސް ނުބުނާނެ! ޢެކަމު ޟިގޮތަށް އިސްތިހާރު ވެލުމަށް ތިމާއަށް ކިޔޭ ނުކޭ ވެސް ނޭނގޭ!


1

2021

16-May-2021

ފަހު ތިބި ދަންނަ ބޭކަލުން ފުށުން ފަހު ތިބިން ގެއްލެނިވާނެ އެބުނަނީ ކޮންކަހަލަ ޢިލްމުވެރިންނަކަށް ބާ


13

މުޙައްމަދު

07-Mar-2021

ޝައިޚް ޙުސައިން އެވިދާޅުވީ ވަރަށްވެސް އަގުހުރި އަދި ވިސްނަން ޖެހޭ ވާހަކަ ކޮޅެއް


13

ޢާފި

07-Mar-2021

މި މީހާ އަގަޔަށް މިރުސް ފިތަން ވެޖޖެ ނު


-12

ހައްޕު

07-Mar-2021

ހުސޭނާ. ކަލޭވެސް ލާދީނީ ވީ ދޮތަ.


-4

އެގިހުރެމިބުނީ

07-Mar-2021

ޢަމިއްލަ ދަރިންނާއި, ތިމާގެ ދަރިވަރުން ޖިންސީ ޝިކާރަޔަކަށް ހަދާނީ އަވަގުރާނަ ފެކްޝަނު މީހުން... ވަރަށް ގިނަ ކަންތަކެއް އިގޭތީ ދެއްކި ވަރަށް ގިނަވާހަކަ!


-10

ބުރާންތި

07-Mar-2021

މީ ސޭކު ކުއްޖެއް އަދި ބޯބުރާންޗެއް. މީނާ މިހުރީ ބޮވޭނެ ބޯންޖޭހޭނެ އަބަދު ހަމާގައި ހުންނާކަށް ނުޖެހޭނެ ބުނި މީހުންދޭ މަދޫ ފައިސާ ފޮއްޗަކަށް ލިބިފައި ވާ އިލްމާއި ހިލްމު ވިއްކާލައިގެން. އަމިއްލަ އެދުމަށްޓަކައި ދީނާ ގައުމު ވިއްކާލުމުގެ ޒިންމާ މީނާ ނަގަންޖެހޭނެ. އަހަރެން މިމީހުން ދެކޭން ބޭނުންވަނީ ގުޅަކުޅޭ ފަސްގަނޑުން



ޓްރެންޑިން