ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް
ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް
އެއް އަހަރުތެރޭ އެންމެ ދުވަހެއް ފާހަގަކޮށްގެން އައްޑޫ ރައްޔިތުންނަށް ޕައުންޑް ނުލިބޭނެ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އައްޑޫގެ މޭޔަރުކަމަށް ވާދަކުރަށްވާ މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިގޮތަށް ވިދާޅުވެފައި މިވަނީ މިއަހަރުގެ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދުވަސް އައްޑޫ ސިޓީގައި ފާހަގަ ކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނިންމުމާ ގުޅިގެންނެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނީ އެ ދުވަސް އައްޑޫގައި ފާހަގަ ކުރުމަށް އިސްނެގީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ނިންމާފައި ވާއިރު، ކޯވިޑް-19 އާ ގުޅިގެން އައްޑޫގައި އޮޕަރޭޓްކުރާ ދެ ރިސޯޓް ބަންދުކޮށްފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާ ވަނީ ބައްދަލު ކޮށްފައެވެ.

އެކަމާ ގުޅިގެން އައްޑޫސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ ލަތީފް ވިދާޅުވީ، ވޭތުވެދިޔަ 13 އަހަރު އައްޑޫސިޓީއަށް ނުލިބުނު ކުރިއެރުމާއި ތަނަވަސްކަން އޭނާގެ މޭޔަރު ކަމުގައި އައްޑޫ ރައްޔިތުން ހާސިލުކުރާނެ ކަމަށެވެ.

އައްޑޫގެ ޝިޕްރެކަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވުމާއެކު، ދިވެހިންގެ ޖީބަށް ޑޮލަރު ވަތް ނަމަވެސް އޭގެ ބަދަލުގައި އައްޑޫ މީހުންގެ ޖީބަށް ވަންނާނީ ޕައުންޑު ކަމަށެވެ. އަދި އިނގިރޭސިން އައްޑޫގައި އުޅުނު އިރު އައްޑޫ އަކީ އިޤްތިޞާދީ ހަބަކަށް ބަދަލުވުމާ ގުޅިގެން އައްޑޫގެ އެތައް ބަޔަކު މުއްސަނދިވީ ވެސް ޕައުންޑުން ފެށި ވިޔަފާރިތަކަކުން ކަމަށް މިނިސްޓަރު މައުސޫމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ރައްޔިތުންގެ ޖީބަށް ޕައުންޑް ވަންނާނެކަމަށް މިނިސްޓަރ ވިދާޅުވީ ނަމަވެސް ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮންނަ އައްޑޫ ޝަންގްރިއްލާ ރިސޯޓު ބަންދު ކުރުމާއެކު އެ ރިސޯޓުގައި މަސައްކަތް ކުރަމުންއައި ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ވަނީ ގެއްލިފައެވެ. ހުޅުވިފަހުން އަދި މިހާތަނަށް މަރާމާތެއްވެސް ކޮށްފައިނުވާ އެރިސޯޓް ދެން ހުޅުވާނީ މެއިންޓެނަންސް އަށް ފަހުގައި ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަައްޑޫގައި ހިންގާ ހެރެތެރެ ރިސޯޓްވެސް ވަނީ މީގެ ކުރިން މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން