ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު (މ)
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު (މ)
ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ޝަރުތުހަމަވާކަމަށް ބުނެ ލިޔުން ޙަވާލުކުރި ބައެއް ފޯމްތަކުގެ ތެރެއިން ދިރިއުޅުމުގެ ޙާލަތުގެ ބައި ހުސްކޮށް ހުރި ފޯމްތަކަށްވެސް މާކްސްދީފައި އެބަހުރި ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގި 7000 ފްލެޓް މަޝްރޫއުގެ ފްލެޓްތައް ޙަވާލުކުރުމުގައި ކަން ހިނގާފައިވާގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ، ކޮމިޓީން ފްލެޓް ދޫކުރި ފޯމްތައް މުރާޖަޢާ ކުރަމުން ދިޔައިރު ދިރިއުޅުމުގެ ޙާލަތުގެ ބައި ހުސްކޮށް ހުރި ފޯމްތަކަށްވެސް މާކްސް ދީފައިވާކަމަށެވެ.

އެގޮތުން ޠޯހާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓް ދޫކުރުމަށް ޚާއްސަކޮށްފައިވާ ފޯމެއް ކޮމިޓީގައި ޙިއްސާ ކުރަށްވާފައެވެ. އެ ފޯމްގައި ދިރިއުޅުމުގެ ޙާލަތުގެ ބައި ހުސްކޮށް އޮތް ނަމަވެސް އެ ފޯމުގެ ދިރިއުޅުމުގެ ޙާލަތުގެ ބަޔަށް ވަނީ 50 ޕޮއިންޓް ލިބިފައެވެ. މިއަދުގެ ކޮމިޓީގައި ޠޯހާ ވަނީ މިގޮތަށް ހުރި ކިތަންމެ މައްސަލައެއް ފާހަގަވެފައިވާ ކަމަށް ވިދާޅުވެ ކޮމިޓީން ފްލެޓްގެ މައްސަލަ ދިރާސާ ކުރުމުގައި އިހްމާލެއް ވެފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތައް އޭގެ ޙައްޤުވެރިންނަށް ނުލިބޭ ކަމަށާއި، ކުރިން ލިޔުން ލިބުނު ބައެއް ފަރާތްތައްވެސް ފަހުން އިޢުލާނުކުރި ދާއިމީ ލިސްޓުގައި ހިމެނިފައި ނުވާތީ، ގިނަ ޢަދަދެއްގެ ބަޔަކު ދަނީ އެ މައްސަލަތައް އަލުން ބެލުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން